މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

      އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މި މިނިސްޓްރީ އިން ހިންގަމުންދާ މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްއަށް ތިރީގައި މިދައްނަވާ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމް:

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އެސިސްޓަންޓް

ބޭނުންވާ އަދަދު:

      1 (އެކެއް)

ސެކްޝަން:

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ)

މަސައްކަތް ކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ، ހ. ވައިޓް ވޭވްސް)

ވަޒީފާގެ މުއްދަތު:

1 އަހަރު

މުސާރަ:

މުސާރަ: 15000-18000 ރުފިޔާ (ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖްރިބާއަށް ބަލާފައި)

ޝަރުތު:

1- ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒްނަސް ނުވަތަ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޚާސިލްކޮށްފައިވުން

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

3- ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތް ކުރުމާއި އެކު ރިޕޯޓް ތައްޔާރުކުރުމުގެ ގާބިލް ކަން ހުރި ފަރާތެއްކަމުގައި ވުން

4- މެރިކަލްޗަރ، އަކުއަކަލްޗަރ، ދަނޑުވެރިކަމުގެ ދާއިރާ ނުވަތަ މަސްވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް:

މި މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މި އިޢުލާންއާއި އެއްއުރަކުރަމެވެ. 

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

1- ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ

2- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު

3- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާ ސޮއިކޮށްފަ)

4- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

މަތީގައި ދެންނެވިފައިވާ މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ޖޫން ވާ އަންގާރަ ދުވަހުގެ 12:00 ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ؛

ޕްރޮޖެކްޓް ޑިރެކްޓަރ

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް

ހ.ވައިޓް ވޭވްސް،  މޫންލައިޓް ހިނގުން

މިވަޒީފާތަކަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ.

20 ޖޫން 2018
ހޯދާ