ދިވެހިރާއްޖެ
އއ. އުކުޅަހު ކައުންސިލް އިދާރާއަށް ބޭނުންވާ ކުނިކަހާ ފޮޅާ ސާފުކުރުމަށް ބޭނުންވާ ތަކެތި އަދި އިލެކްޓްރިކަށް ބޭނުންވާ ތަކެތި ގަނެދޭނެ ފަރާތެއް ހޯދުމާ ގުޅޭ:
ނަންބަރު: (IUL)341-PL/341/2018/28
ތާރީޙް: 18 ޖޫން 2018
މުއްދަތު ހަމަވާ ތާރީޙް: 24 ޖޫން 2018
އއ. އުކުޅަހު ކައުންސިލް އިދާރާއަށް ބޭނުންވާ ކުނިކަހާ ފޮޅާ ސާފުކުރުމަށް ބޭނުންވާ ތަކެތި އަދި އިލެކްޓްރިކަށް ބޭނުންވާ ތަކެތި މި އިދާރާއަށް ބިލްކުރާ ގޮތައް ގަނެދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖޫން 2018 ވާ އާދީއްތަ ދުވަހުގެ 12:30 މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 28 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 12:30 އަށް މި އިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތަޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފު ކުރެއްވުމަށް ޙާޟިރުވާ ފަރާތްތަކާއި ހަވާލުކުރެވޭނެއެވެ. އަދި ބިޑް ތައްޔާރު ކުރަންވާނީ ބިޑްތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތާއި އެއްގޮތަށެވެ.
މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ބަލައެއް ނުގަނެވޭނެއެވެ. މީގެ އިތުރުން ބިޑް ހުށަހަޅުއްވާއިރު ފަންނީ ގޮތުންނާއި، މާލީގޮތުން މިބާވަތުގެ މަސައްކަތްތަށް ކުރެއްވުމުގެ ޤާބިލްކަން ހުރި ލިޔުން ހުރިނަމަ އެ ލިޔުންތައް ހުށަހެޅުއްވުމަކީ މަސައްކަތް ޙަވާލުކުރުމުގައި ބިޑް ހުށަހަޅުއްވާ ފަރާތަށް ލިބިގެންދާނެ އިތުރުބާރެއް ކަމުގައި ދެންނެވީމެވެ.
ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.