ދިވެހިރާއްޖެ
ނަންބަރު: (IUL) 202-L/1/2018/54
އިޢުލާން
ރިންގް ރޯޑް ޕްރޮޖެކްޓްގެ މަސައްކަތަށް ބޮޑުތަކުރުފާނުމަގު ބަންދުކުރުން
މާލެ ރިންގް ރޯޑް ޕްރޮޖެކްޓްގެ މަސައްކަތަށް ބޮޑުތަކުރުފާނު މަގުގެ ބޮޑުބައެއް ބަންދުކުރުމާއިގުޅިގެން، އެމަގާ ގުޅިފައިވާ ބައެއް މަގުތަކާއި ގޯޅިތަކުގެ ޓްރެފިކް ފްލޯއަށް އަށް ވާނީ ބަދަލުގެނެވިފައެވެ.
ވީމާ، ޓްރެފިކް ފްލޯއަށް ބަދަލުގެނެވުނު މަގުތަކުގައި ހަރުކުރެވިފައިވާ ޓްރެފިކް ނިޝާންތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށާއި އަދި އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދައި އެއްގޮތަށް އަމަލުކުރެއްވުމަށް ދެންނެވީމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލެއްވުމަށް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.
05 ޝައްވާލު 1439
19 ޖޫން 2018
ދިވެހިސަރުކާރުގެ ގެޒެޓް
މާލެ، ދިވެހިރާއްޖެ
