ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ކުލާސްރޫމް ތަކުގައި ނެއްޓިފައިހުރި މުށިތައް ރަނގަޅު ކުރުމާބެހޭ

ހަނިމާދޫ ސްކޫލް                             

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

ނަންބަރ: GS60(B)/2018/047

އިޢުލާނު

ކުލާސްރޫމް ތަކުގައި ނެއްޓިފައިހުރި މުށިތައް ރަނގަޅު ކުރުމާބެހޭ

           މި ސްކޫލްގެ ކުލާސްރޫމްތަކުގައި ނެއްޓިފައިހުރި މުށިތައް މި ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް ރަނގަޅު ކުރަން ބޭނުންވެގެން ކުރެވުނު ނަންބަރ GS60(B)/2018/042 އިޢުލާނަށް އެދެވޭ ތަރުހީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

           ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން ތިރީގައި ދީފައިވާ ތާވަލާ އެއްގޮތަށް ސްކޫލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކޮށް، އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ. 

ތަފްޞީލް

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

24 ޖޫން 2018

11:00 ހެނދުނު

ހަނިމާދޫ ސްކޫލް އޮފީސް

އަންދާސީ ހިސާބު ހުށައެޅުން

28 ޖޫން 2018

11:00 ހެނދުނު

           މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

                                   05 ޝައްވާލް 1439

                                    19 ޖޫން 2018

 

 

19 ޖޫން 2018
ހޯދާ