ދިވެހިރާއްޖެ
އިޢުލާން
ގެސްޓް ހައުސް - 2 (ބޮޑުމަގުގެ އިރުމަތީފަރާތު ނަރުދަމާ ނިޒާމުގެ އޮފީސްހުރި ބިމާއި އިންވެގެން ދެކުނަށްހުރި) އިމާރާތް ކުއްޔަށް ދޫކުރުން (ކުރީގެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރުން)
ގެސްޓް ހައުސް ހިންގުމަށް މިކައުންސިލުގެ ގެސްޓް ހައުސް - 2 (ބޮޑުމަގުގެ އިރުމަތީފަރާތު ނަރުދަމާ ނިޒާމުގެ އޮފީސްހުރި ބިމާއި އިންވެގެން ދެކުނަށްހުރި) އިމާރާތް 15 އަހަރު ދުވަހުގެ މުއްދަތަށް މަހަކު -/1500ރ އަށްވުރެ ކުޑަނުވާ ކުއްޔަކަށް، ކުއްޔަށް ދޫކުރުމަށް 03 ޖޫން 2018 ގައި ކުރެވުނު މިކައުންސިލުގެ ނަންބަރު IUL)456-ECMS/456/2018/24 ) އިއުލާނަށް 3 ފަރާތުން އިޖާބާދީފައިނުވުމުން އަލުން އިޢުލާންކުރީމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 02 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ 6800730 / 9655050 ފޯނާ ގުޅުއްވުން އެދެމެވެ.