ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ.

މި ސްކޫލުގެ 2018 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ޝީލްޑް / ޓްރޮފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS-26/IUL/2018/25 (31 މެއި 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާތިލުކޮށް ދެވަނަ ފަހަރަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވެރިވާ ފަރާތްތަކުން 26 ޖޫން 2018 ވާ އަންގާރަ ދުވަހު 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 4 ޖުލައި 2018 ވާ ބުދަ ދުވަހު 10:00 އަށް އަންދާސީ ހިސާބު މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

މި ސްކޫލަށް ބަލައިގަންނާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު އެކަނި ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ގެންދެވޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށް ވެސް އެއްފަރާތެއްގެ ނަމުގައެވެ.

4 ޝައްވާލް 1439

18 ޖޫން  2018          

18 ޖޫން 2018
ހޯދާ