ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެނިއުމެރޭޓަރުން ބޭނުންވެއްޖެ

އިޢުލާން

އެނިއުމެރޭޓަރުން ބޭނުންވެއްޖެ                                                                                       

 

           ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި އައްޑޫ ސިޓީ ކައުންސިލް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެން، އައްޑޫ ސިޓީގެ އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ދެނެގަތުމުގެ ގޮތުން، 25 އިން 27 ޖޫން 2018 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސަރވޭއަށް މަޢުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެ 45 އެނިއުމެރޭޓަރުން ހޯދަން ބޭނުންވެއެވެ. މި ސަރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ އަވަށްތަކުގައެވެ.

އެނިއުމަރޭޓަރުންގެ ގޮތުގައިހޮވޭ ފަރާތްތަކަށް މަސައްކަތާގުޅޭ ތަމްރީނެއް، 24 ޖޫން 2018 ގައިކުރިއަށް ގެންދެވޭނެއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ސަރވޭގައި ހަރަކާތްތެރިވާ ކޮންމެ އެނިއުމެރޭޓަރަކަށް މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް އެލަވަންސްގެގޮތުގައި -/300ރ (ތިން ސަތޭކަ) ރުފިޔާ ދެވޭނެއެވެ.

            ވީމާ، މިމަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ޖީ.ސީ.އީ.އޯ ލެވެލް ފެންވަރު ހުރި އުމުރުން 18 އަހަރުން މަތީގެ ފަރާތްތަކުން، 19 ޖޫން 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން، އެޗް.އާރް.ސީ.އެމް ސަދަން ރީޖަނަލް އޮފީހުގެ ނަންބަރު: 6880886 އަށް (ރަސްމީ ގަޑީގައި 10:00 އިން 14:00 އަށް) ގުޅުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ. އެނިއުމެރޭޓަރުން ޝޯޓްލިސްޓް ކުރުމުގައި މީގެ ކުރިން މިފަދަ ކަންކަމުގައި އަމަލީ ތަޖުރިބާ ލިބިފައިވާފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ނަން ނޯޓު ކުރަމުންދާ ތަރުތީބަށް ވެސް އިސްކަން ދެވޭނެއެވެ.

                  30 ރަމަޟާން 1439

                  14 ޖޫން 2018

14 ޖޫން 2018
ހޯދާ