ދިވެހިރާއްޖެ
އިއުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ޕަބްލިކް ވަރކްސް ސަރވިސަސްއިން އެކި ރަށްރަށުގައި ހަދަމުންގެންދާ ފުޓްސަލް ދަނޑުތައް ކަރަންޓް ވަޔަރ ކުރުމުގެ މަސައްކަތަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- 20 އީ.އެލް.ސީ.ބީ 4 ޕޯލް 63 އެމްޕިއަރ
- 20 އެމް.ސީ.ބީ 4 ޕޯލް 63 އެމްޕިއަރ
- 260 ސަރކިޓް 10 އެމްޕިއަރ
- 20 ޑިސްޓިބިއުޝަން ފޮށި
- 20 އަރތް ރޮޑް (2x3) 6’
- 240 ލެޑް ލައިޓް 400W
- 10,000 މީޓަރ 3 ކޯރ ކޭބަލް (2.5 އެމްއެމް)
- 100 ޕީވީސީ ހޮޅި 35 އެމް އެމް (6 މީޓަރ)
- 280 ޕިން – ބަސްބަރ ފަތި (ދަނޑަކަށް 14 ޕިން) ސިންގަލް ފޭސް
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖޫން 24 ވާ އާދީއްތަ ދުވަހުގެ 12:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސްއަށް ވަޑިއިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ޖޫން 18 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2018 ޖޫން 24 ވާ އާދީއްތަ ދުވަހުގެ 11:30 ގެ ނިޔަލަށް މިސަރވިސަސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3020853 އަށް ގުޅުއްވުން އެދެމެވެ.
14 ޖޫން 2018މ.