ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރު: (IUL)165/1/2018/03 |
ތާރީޚު: 13 ޖޫން 2018 |
މަޤާމް: އެސިސްޓެންޓް ފޯމަން
މަޤާމްގެ ނަމްބަރު: J-121802
ބޭނުންވާ ޢަދަދު: 01
މަޤާމްގެ ގިންތި: ދާއިމީ
މަޤާމްގެ ރޭންކް: SS2
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
ވަޒީފާ އަދާކުރަންޖެހޭތަން: ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
މުސާރަ: -/3470ރ
ސަރވިސް އެލަވަންސް: -/1000ރ
އެހެނިހެން އެލަވަންސް: -/1000ރ
މަޤާމްގެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް:
- އޮފީހުގައި ބަހަންޖެހޭ ސިޓީ އާއި ތަކެތި ބެހުން.
2. އޮފީހުގެ ތަޅުދަނޑި ގެނެސް ގެންދިއުން.
3. މެއިންޓެނަންސް ސެކްޝަންގެ މަސައްކަތްތަކުގައި އެހީވުން.
4. އޮފީހުގެ ފައިސާ ޖަމާކުރުމާއި ފައިސާ ނަގަންދިއުމުގައި އިސްމުވައްޒަފަކާއިއެކު ދިއުން.
5. އޮފީހުގެ އެކި ބޭނުންތަކުގައި ދަތުރުކުރައްވާ ބޭފުޅުންގެ ޓިކެޓް ނެގުމުގެ މަސައްކަތް ކުރުން.
6. އޮތޯރިޓީ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
މަޤާމްގެ ޝަރުތު:
ތައުލީމީ ފެންވަރު:
ލިޔަންކިޔަން ދަތުމާއިއެކު، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއެކު ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުން.
ހުށަހަޅަންޖެހޭ ލިއުންތައް:
1- ފުރިހަމަކޮށްފައިވާސިވިލް ސަރވިސްގެ ވަޒީފާށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
2- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު: (ގުޅޭނެ ފޯން ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3- ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހިރައްޔިޔެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިއުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
4- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމް އަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާ އިން ވީއްލުމާމެދު އިޢުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިއުން.
5- ތަޢުލީމީ ސެޓުފިކެޓެއް ލިބިފައިވާ ނަމަ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7- ސިވިލް ސަރވިސް ވަޒީފާ އަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ.
8- މަސައްކަތުގެ ތަޖްރިބާގެ ލިޔުނަތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހިކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
ހ- ހާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން އަށް ބަލައިގެން.
ށ- މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖްރިބާ އަށް ބަލައިގެން.
ނ- ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.cam.gov.mv ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޖޫން 2018 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި އޮތޯރިޓީ އަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިއުންތައް އީ-މެއިލް މެދުވެރިކޮށް ވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަމްބަރ: 3320000 އެޕްލިކޭޝަން ފޯމް އާއިއެކު ހުރިހާ ލިއުންތައްހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ތައް ބާތިލް ކުރެވޭނެއެވެ.
އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 04 – 09 ޖުލައި އާއި ދެމެދު މި އޮތޯރިޓީ ގައެވެ. ވީމާ ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން އިންޓަރވިއު އަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލީފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް
މިއިޢުލާން ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ފަރާތަކުން މި އޮތޯރިޓީގެ 3030300 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.