ދިވެހިރާއްޖެ
އިޢުލާނު
ސްކޫލުގައި އުފެދޭ ކުނި އުކައިދޭނޭ ފަރާތެއް ހޯދުން
މިސްކޫލުގައި އުފެދޭ ކުނި މިއަހަރުގެ ނިޔަލަށް މިރަށުގެ ކުނިގޮނޑަށް އުކައިދޭނެ ފަރާތެއް ހޯދުމަށް އެދި ކުރެވުމު މި ސްކޫލުގެ ނަންބަރު GS-169/IUL/2018/17 (03 ޖޫން 2018) އާއި ގުޅިގެން އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބިފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް މިމަސައްކަތަށް ކުރިމަތިލުމަށް ފުރުޟަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
25 ޖޫން 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ށް |
28 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 10:00 އިން 14:00 އަށް 7952913 ނަންބަރު ފޯނާއެވެ.
މި މަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.