ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ޑިރެކްޓަރ
|
މަގާމުގެ ނަންބަރު:
|
J 273273
|
ބޭނުންވާ އަދަދު:
|
1
|
މަގާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އީ. އެކްސް. 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޑިރެކްޓަރ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / މާލެ / މޮނިޓަރިންގ ޔުނިޓް
|
މުސާރަ:
|
-/8,835 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2,000 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
3,092/75 ރުފިޔާ
|
ސަޕޯޓިންގ ކޯ އެލަވަންސް:
|
-/1,100 ރުފިޔާ
|
މަގާމުގެ ޝަރުތު
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމެންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި ތަޖުރިބާގެ ތެރޭގައި، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާއާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމެންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނގަޑުގެ ލެވެލް 9 އިން ފެށިގެ މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
|
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭނުންވެއްޖެ ހިދެއްގައި މިނިސްޓްރީން ކުރިއަށްގެންދާ ތަރައްޤީއާ ގުޅުންހުރި މަސައްކަތްކުގެ މަޢުލޫމާތު ފޯރުކޮށްދިނުން.
- މިނިސްޓްރީން ކުރިއަށް ގެންދާ ހުރިހާ ޕްރޮޖެކްޓްތަކުގެ ޕޯޓްފޯލިއެއް ތަޔާރުކުރުމާއި ޕޯޓްފޯލިއޯ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ޕާރަމަނަންޓް ސެކްރެޓަރީ އަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން.
- ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ ޖަވާބު ދާރީ ވާންޖެހޭ ސުވާލުތަކަށް ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދުމަށް އެހީތެރިވެދިނުމާއި އަދި ޕީ.އެސް ބޭނުންވެއްޖެ ހިދެއްގައި އެ މަޢުލޫމާތު ފޯރުކޮށްދިނުން.
- މިނިސްޓްރީގެ ވާރކްޕްލޭން 2018 ގައި މިނިސްޓްރީގެ ޝެކްޝަންތަކުންނާއި ޑިޕާރޓްމަންޓްތަކުން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްސްތަކުގެ އަޕްޑޭޓްސް ކޮންމެ މަހެއް ނިމުމުން ސެކްޝަންތަކާއި ގުޅައިގެން ހޯދުމަށް އެހީތެރިވެދިނުން.
- މިނިސްޓްރީ އާއި ދާއިރާތަކުން ޕަރމަނަންޓް ސެކްރެޓަރީ އަރިހަށް ސޮއިކުރުމަށް ގެންދެވޭ ލިޔުންތައް ޕަރމަނަންޓް ސެކްރެޓަރީއާށް ދައްކާ ސޮއިކުރުވާ، ނިމުނުކަން އަންގަންޖެހޭ ފަރާތަކަށް އެންގުން.
- މިނިސްޓްރީއަށްލިބޭ ސިޓީތައް ޖެމްސް މެދުވެރިކޮށް ޑިޕަރޓމަންޓްތަކަށް ރޫޓުކުރުމާއި އަދި އެ ސިޓީތަކަށް ޑިޕަރޓްމަންޓްތަކުން ޖަވާބު ދެވިފައިވޭތޯ ބަލާ ޖެމްސް އަޕްޑޭޓްކުރުން.
- ޔުނިޓަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުމާއެކު، އެ މަޢުލޫމާތު ޕަރމަނަންޓް ސެކްރެޓަރީއަށް އެރުވުން. އަދި ޔުނިޓު މެދުވެރިކޮށް ޖަވާބުދޭންޖެހޭ ސަރުކާރުގެ އިދާރާތަކުން އަންނަ ލިޔެކިއުންތައް ޕަރމަނަންޓް ސެކްރެޓަރީއަށް ދައްކާ ޖަވާބު ތައްޔާރުކުރުމާއި ފޮލޯއަޕް ހެދުމާއި އަދި މިނޫނަސް ޔުނިޓުން ޖަވާބު ދޭންޖެހޭ ސިޓީތަކުގެ ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ އަދި އެ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- ގިނައިރު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖޫން 27 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 28 ޖޫން 2018 އާއި 24 ޖުލައި 2018 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
28 ރަމަޟާން 1439
12 ޖޫން 2018
|