ދިވެހިރާއްޖެ
އިޢުލާން ނަންބަރު: |
(IUL) 438/438/2018/169 |
|
|
ބީލަން ހުށަހެޅުމުގެ ދަޢވުވަތު.
ފުވައްމުލަކު ނޭޗަރ ޕާރކުގެ ރެކްރިއޭޝަނަލް ފެސިލިޓީގައި ކެފެޓީރިއާއެއް ހިންގާނެ ފަރާތެއް ހޯދުން
1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީ.ސީ.އޭ.ޕީ) ގެ ދަށުން ފުވައްމުލަކު ނޭޗަރ ޕާރކުގެ ރެކްރިއޭޝަނަލް ފެސިލިޓީގައި (ފުވައްމުލަކު ސިޓީ، ދަޑިމަގި ކިޅި) ކެފެޓީރިއާއެއް ހިންގާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL) 438/438/2018/162 އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެބީލަން ބާތިލްކޮށް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. އަދި މިބީލަމުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން އަލުން މިޕްރޮޖެކްޓްގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާކަށް ނުޖެހޭނެއެވެ.
2. ބީލަމުގައި ބައިވެރިވުމަށް ތިރީގައިވާ އެޑްރެހަށް 2018 ޖޫން 19 ވަނަ ދުވަހުގެ 12:00ގެ ކުރިން ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވުމުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ކޮށްދެވޭނެއެވެ. ބީލަން ފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
3. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2018 ޖޫން 19 އަންގާރަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
4. ބީލަން ހުޅުވުން އޮންނާނީ 2018 ޖޫން 20ވާ ބުދަ ދުވަހުގެ 12:00ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
5. މިކަމަށް ކުރިމަތިލާ ފަރާތް ތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
6. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،
ގްރީން ބިލްޑިންގ،
ހަނދުވަރީ ހިނގުން، މާފަންނު،
މާލެ، ދިވެހިރާއްޖެ
ޓެލެފޯން+960 3018 412 :
ފެކްސް: +960 3018 301
އީމެއިލް: [email protected]
12 ޖޫން 2018