ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ނިލަންދޫ ކުނިކޮށްޓަށް ޖަމާކުރާ ދަގަނޑާއި، ޕްލާސްޓިކާ އަދި އެލްމެނިއަމްގެ ބާވަތްތައް ކ. ތިލަފުއްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށްއެދި

ފ. ނިލަންދޫ ކުނިކޮށްޓަށް ޖަމާކުރާ ދަގަނޑާއި، ޕްލާސްޓިކާ އަދި އެލްމެނިއަމްގެ ބާވަތްތައް ކ. ތިލަފުއްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށްއެދި

ފ. ނިލަންދޫ ކުނިކޮށްޓަށް ޖަމާކުރާ ދަގަނޑާއި، ޕްލާސްޓިކާ އަދި އެލްމެނިއަމްގެ ބާވަތްތައް ކ. ތިލަފުއްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދަންބޭނުންކުރި މިއިދާރާގެ ނަންބަރު: (IUL)374-C/374/2018/65 (27 މެއި 2018) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން  އިޢުލާނު ކުރަމެވެ.

ވީމާ، އެތަކެތި ކ. ތިލަފުއްޓަށް ގެންގޮސްދިނުމަށް ބޭނުންވާ ފަރާތްތަކުން ދަންނަވާފައިވާ ތާރީޚަށް މިއިދާރާ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައަޅާފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.  ސިޓީ އުރައިގެ ބޭރުގައި " ފ. ނިލަންދޫ ކުނިކޮށްޓަށް ޖަމާކުރާ ދަގަނޑާއި، ޕްލާސްޓިކާ އަދި އެލްމެނިއަމްގެ ބާވަތްތައް ކ. ތިލަފުއްޓަށް ގެންގޮސްދިނުންއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން

ފ. ނިލަންދޫ ކައުންސިލްގެ އިދާރާގައި

މަޢުލޫމާތު ސާފުކޮށްދިނުން

21 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި

އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ކެނޑުން

24 ޖޫން 2018 ވާ އާދީއްތަ ދުވަހުގެ 10:30 ގައި

 

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ. އެހެން މީހެއްގެ ޙަވާލުގައި އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ އެއްގަޑީއިރުކުރިން އެކަން ބަޔާންކޮށް އެފަރާތެއްގެ ލިޔުމެއް ސޮޔާއެކު މިއިދާރާއަށް ހުށަހަޅަން ވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 ރަމަޟާން 1439

12   ޖޫން  2018

12 ޖޫން 2018
ހޯދާ