މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހދ.ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަރންޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް މާލިއްޔަތު ގަވާއިދުގައިވާ ރޭޓްތަކަށް ވުރެ ބޮޑު ނުވާނެހެން (ތިރީގައި ތަފްސީލް ދެވިފައިވާ ގޮތަށް) ކެއުން ހަމަޖައްސައި ދޭނެ ފަރާތެއް ހޯދަން

މިމިނިސްޓްރީން ހދ.ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަރންޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް  މާލިއްޔަތު ގަވާއިދުގައިވާ ރޭޓްތަކަށް ވުރެ ބޮޑު ނުވާނެހެން (ތިރީގައި ތަފްސީލް ދެވިފައިވާ ގޮތަށް) ކެއުން ހަމަޖައްސައި ދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރ  (IUL)30-C/30/2017/81 އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، މިއިއުލާން ބާތިލްކޮށް އަލުން މިފުރުސަތު ހުޅުވާލަމެވެ.

 

ބައިވެރިންގެ އަދަދު : 03 ނުވަތަ 04

 

ހެނދުނު ސައި : 40 ރުފިޔާ

މެންދުރު ކެއުން: 60 ރުފިޔާ

ހަވީރު ސައި:  40 ރުފިޔާ

ރޭގަނޑު ކެއުން: 60 ރުފިޔާ

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 ޖޫން 20 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ނުވަތަ ހދ.ހަނިމާދޫ ގައި ހުންނަ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ވަޑައިގެންދެއްވުން އެދެމެވެ.

 

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 80 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު % 80 )
  • ތަޖުރިބާއަށް 20 ޕޮއިންޓް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

 

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ގޯތީގެ ރަޖިސްޓްރީ އަދި ކުރެހުން

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339267، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

11 ޖޫން 2018
ހޯދާ