ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ރ. އިންނަމާދޫ، ދިވެހިރާއްޖެ
ނަންބަރު:(IUL)307/INDIV/2018/22)
އިޢުލާން
ރ.އިންނަމާދޫ ސްކޫލުދޮށުގައި ވެއިޓިންގ އޭރިއާއެއް ހެދުމާއިބެހޭ:
މިކައުންސިލްގެ ނަންބަރ: (IUL)307/INDIV/2018/16 (2018/04/16) ގެ އިޢުލާނާއި ގުޅިގެން
ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތަކުގެ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް އަލުން
އިޢުލާން ކުރީމެވެ.
މިއިދާރާއިން ދޭ ކުރެހުމަކާއި އެއްގޮތަށް މިރަށު ސްކޫލުގައި ވެއިޓިންގ އޭރިއާއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް
ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޖޫން 20 ވާ ބުދަ ދުވަހުގެ މެންދުރު 13:15
އަށް މިކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ވެއިޓިންގ އޭރިއާއެއް ހަދައިދޭން ބޭނުންވެލައްވާ ފަރާތްތަކުން
ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 2018 ޖުލައި 01 ވާ
އާދިއްތަ ދުވަހުގެ މެންދުރު ފަހު 13:15 ގައެވެ. ޕްރޮޕޯސަލް ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި ޕްރޮޕޯސަލް
ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި ޕްރޮޕޯސަލް ކެނޑުން ބޭއްވޭނެއެވެ. ޕްރޮޕޯސަލް ބަލާއިރު މަޢުލޫމާތު ސާފުކުރި
ފަރާތަށް ދޫކުރެވޭ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ ޕްރޮޕޯސަލެއްނޫނީ ބަލައެއް ނުގަނެވޭނެއެވެ. އަދި ކަނޑައެޅިފައިވާ
ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަށްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަމިއްލަ ވިޔަފާރި ނުވަތަ ކުންފުނި
ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ރަމަޟާން 1439
11 ޖޫން 2018