ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެންޓީނު ނުވަތަ ރެސްޓޯރަންޓް ހިންގުމަށް ސިންތި ފަންނުން ބިން ކުއްޔަށް ދޫކުރުން.

އިޢުލާނު

ކެންޓީނު ނުވަތަ ރެސްޓޯރަންޓް ހިންގުމަށް ސިންތި ފަންނުން ބިން ކުއްޔަށް ދޫކުރުން.

ނިލަންދޫ ސިންތި ފަންނު ސަރަޙައްދުގެ ތެރެއިން ކެންޓީނު ނުވަތަ ރެސްޓޯރެންޓު ހިންގުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން އެމަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމާފައިވާތީ އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ބިން ހޯއްދުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 ޖޫން 21 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 2018 ޖޫން 27 ވަނަ ދުވަހުގެ 11:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ފޯމުގައެވެ. ބިޑް ހުށަހަޅުއްވާއިރު އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ ބިމުގެ އަކަފޫޓަކަށް މަހަކު 15 (ފަނަރަ) ލާރިއެވެ.

ހަމަޖެހިފައިވާ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި ބިޑް ހުށަހަޅުއްވަންޖެހޭ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބިޑްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. ބިޑް އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ކެންޓީނު ނުވަތަ ރެސްޓޯރަންޓް ހިންގުމަށް ސިންތި ފަންނުން ބިން ކުއްޔަށް ހިފުންއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 ރަމަޟާން 1439

10  ޖޫން   2018                                                     

މުޙައްމަދު ޖަލީލު

ފ. ނިލަންދޫ ކައުންސިލްގެ ރައީސް

10 ޖޫން 2018
ހޯދާ