އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ނެޓްވޯކާ ގުޅޭ ތަކެތި ގަތުމަށް ބޭނުންވެއްޖެ

މިއޮފީހަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ކުރެވުނު ނަންބަރު IUL)7-ADMN/1/2018/40) ( 23 މެއި 2018)، އިޢުލާނާއި ގުޅިގެން ތިން ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީވެ އެ އިޢުލާން ބާޠިލުކޮށް، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

 

ޢަދަދު

އައިޓަމް

8

ވަޔަރލެސް ރައުޓަރ

2

ޕީ.އޯ.އީ ސްވިޗް

 

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު 21 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ  11:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ ދުވަހު 11:00 ގެ ފަހުން ކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތައް ނުވަތަ އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

07 ޖޫން 2018
ހޯދާ