ދިވެހިރާއްޖެ
ނަމްބަރު: IUL)120/1/2018/30 )
އިޢުލާން
އެސިސްޓަންޓް އޮފިސަރުންގެ މަޤާމަށް މީހުން ހޯދުމަށް
މިޑިޕާޓްމަންޓުން ކުރިއަށް ގެންދާ އިމްޙާނުތަކުގެ އިދާރީ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ މީހަކު ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ މީހުން 2018 ޖޫން 14 ވާ ބުރާސްފަތި ދުވަހުގެ 13:45 ގެ ކުރިން މިޑިޕާޓްމަންޓަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.
މަޤާމު: އެސިސްޓެންޓް އޮފިސަރ (ކޮންޓްރެކްޓް)
ބޭނުންވާ ޢަދަދު: 3
އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް 35.00 ރުފިޔާ
ޝަރުޠު:
- ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކްންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން. ނުވަތަ:
- އެޑްމިނިސްޓްރޭޝަން ނުވަތަ އިންފޮމޭޝަން ޓެކްނޮލަޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ފޯމު މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި މިޑިޕާޓްމަންޓްގެ www.dpe.edu.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ 10 މީހުންނާއެވެ. ޝޯޓް ލިސްޓް ކުރެވޭ މީހުންނަށް މަސައްކަތު 07 ދުވަހުގެ ތެރޭގައި ގުޅާނެ ވާހަކަ ދަންނަވަމެވެ. 07 ދުވަހުގެ ތެރޭގައި ނުގުޅާނަމަ، ޝޯޓްލިސްޓް ކުރެވޭ މީހުންގެ ތެރޭގައި އެމީހަކު ނުހިމެނެނީއެވެ.
23 ރަމަޟާން 1439
07 ޖޫން 2018