ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

އިޢުލާން

 

މަޤާމް:

އެސިސްޓެންޓް ލައިބްރޭރިއަން

 

މަޤާމުގެ ނަންބަރު:

J-128052 ، J-265928

 

ބޭނުންވާ އަދަދު:

02 (ދޭއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

ޖީ.އެސް.3 

 

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

 

ސެކްޝަން:

މަޤާމް އޮތް އޮފީސް:

ކަލެކްޝަން އެންޑް ސާރވިސް ސެކްޝަން/ ލައިބްރަރީ ސާރވިސް ޔުނިޓް

ޤައުމީ ކުތުބުޚާނާ

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޤައުމީ ކުތުބުޚާނާ، ކ.މާލެ

 

މަސައްކަތު ގަޑި:

މެންދުރު 12:00 ން އިރުއޮއްސި 6:00 ށް ދުވާލަކު 6 ގަޑިއިރުއެވެ. 30 މިނިޓް ބްރޭކް ލިބޭނެ.

އަދި އެ މުވައްޒަފުން ހޮނިހިރު ދުވަހުވެސް މަސައްކަތަށް ހާޒިރުވާންޖެހޭނެއެވެ.

 

މުސާރަ:

-/4465 ރުފިޔާ

 

ސަރވިސް އެލެވަންސް:

-/1500 ރުފިޔާ

 

ސަޕޯޓިންގ ކޯ އެލެވަންސް:

 

އިތުރު އިނާޔަތްތައް:

-/700 ރުފިޔާ

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ސާރކިއުލޭޝަން ކައުންޓަރުގެ މަސައްކަތް ކުރުން (މެނުއަލްކޮށް/ސޮފްޓްވެއަރ ބޭނުންކޮށްގެން ފޮތްބަލައިގަނެ ދޫކުރުން، ރިޒާވް ކުރުން). އަދި ކައުންޓަރަށް މަޢުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް މަޢުލޫމާތުދިނުން.

- މެމްބަރޝިޕް ރެޖިސްޓްރޭޝަން ހަދައިދިނުން.

- ލައިބްރަރީއަށް އަންނަ ސިޓީފަދަ ތަކެތި ބަލައިގަނެ، އެޑްމިން އެންޑް އެޗް.އާރު ޔުނިޓަށް ފޮނުވުން.

- ލައިބްރަރީއަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވެ، އެކަމަކާ ގުޅުންހުރި ޔުނިޓަކަށް ޕާސްކުރުން.

- ދުވަހުން ދުވަހަށް ތަފާސް ހިސާބުތައް ރިކޯޑް ކުރުން.

- ކުތުބުޚާނާއަށް ލިބޭ ފައިސާ ބަލައިގަނެ ވަގުތުން ރަސީދު ހަދާ އޭގެ ރެކޯޑް ބެލެހެއްޓުން.

- ލިބޭ ފައިސާ ދުވަހުން ދުވަހަށް ތިޖޫރިއާއި ހަވާލުވެ ހުންނަ މުވައްޒަފަކާ ހަވާލުކުރުން.

- ލައިބްރަރީގެ ޚިދުމަތްދޭ ކަލެކްޝަންތައް ބެލެހެއްޓުމަށް ޙަވާލު ކުރެވިފައިވާ އުސޫލުން ޑިއުޓީ އަދާކުރުން.

- ކަސްޓަމަރުންނަށް ބޭނުންވާ މައުލޫމާތު ހޯދައިދިނުމަށް އެހީތެރިވުން.

- ހަރުތަކުގައި ހުންނަ ފޮތް، މަޖައްލާ ފަދަ ތަކެތީގެ ކޯލްނަންބަރާއި އެއްގޮތަށް ތަރުތީބުކޮށް ބެލެހެއްޓުން. އަދި ހަލާކުވެފައި ހުންނަ ތަކެތި ޙަވާލު ކުރަންޖެހޭ ފަރާތަށް ޙަވާލު ކުރުން.

- ސައިބަރ ޚިދުމަތް ދިނުމާއި ސައިބަރގެ ޤަވާޢިދާއި ޚިލާފުވާ ފަރާތްތަކުގެ މަޢުލޫމާތު ސްޕަވައިޒަރަށް ރިޕޯޓް ކުރުން.

- ކަސްޓަމަރުންނަށް ފޮޓޯކޮޕީ ޚިދުމަތް ދިނުން.

- ކަސްޓަމަރުންގެ ފަރާތުން ދިމާވާ މައްސަލަތައް ޙައްލު ކުރުން. އަދި ދިމާވާ މައްސަލަތައް ސްޕަވައިޒަރަށް ރިޕޯޓް ކުރުން.

- ކަސްޓަމަރުން ބޭނުންވެގެން އެދޭ ފޮތްތަކުގެ ތެރެއިން ލައިބްރަރީގެ ކަލެކްޝަންގައި ނުހުންނަ ތަކެއްޗާއި އަދި ކަސްޓަމަރުން ހުށަހަޅާ ޚިޔާލު ނޯޓްކޮށް ސުޕަވައިޒަރަށް ރިޕޯޓްކުރުން.

- ލައިބްރަރީ އިން ހިންގާ ތަފާތު ސާރވޭތަކާއި ޓްރޭނިންތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

- ލައިބްރަރީގެ ސްޓޮކަށް އިތުރުވަމުންދާ ފޮތްތަކާއި އަދި ޚާއްސަ ދުވަސްތަކުގެ ޑިސްޕްލޭ ތައްޔާރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން.

- ލައިބްރަރީ އޮރިއަންޓޭޝަން އަދި އެހެނިހެން ޕްރޮގްރާމްގައި އަމަލީ ގޮތުން ބައިވެރިވުން.

- ދިވެހިރާއްޖޭގެ މަސައްކަތްތެރިކަމާއި ގުޅުންހުރި ފޮތް، މަޖައްލާތަކުގެ މަޢުލޫމާތުތައްހޯދާ ބިބިލިއޮގަރަފިކްޑާޓާ އެއްކުރުން. އަދި މިސަބްޖެކްޓްތަކުން ރިސަރޗްކުރުން،

- ރާއްޖޭގެ ޕީރިއޮޑިކަލްސްތަކުގެ އިންޑެކްސް ކޮންޕައިލްކުރުން.

- ކަންޑައަޅާ ޕްރޮޖެކްޓްފައިލްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން

- ކަނޑައެޅިފައިވާ ގަޑިތަކުގައި ލީގަލް ޑިޕޮސިޓް ޔުނިޓްގެ މަސައްކަތްކުރުން.

- މަދުވެގެން ހަފްތާއަކު އެއްފަހަރު ޔުނިޓް ހެޑާއި ބައްދަލުކުރުން.

- ލައިބްރަރީގެ ފަރާތުން އިންތިޒާމްކުރާ ކޯސް، ޓްރޭނިންގ ޕްރޮގްރާމް، ވޯރކްޝޮޕް، ޖަލްސާ، ސެމިނަރ އަދި މިނޫންވެސް މިފަދަ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެއްބާރުލުން ދިނުން.

- ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔުން.

- ޔުނިޓަށް ބޭނުންވާ ޕްރޮސީޖަރތައް އައިޑެންޓިފައިކޮށް ޔުނިޓް ހެޑަށް އެންގުން

- މަސައްކަތާއިގުޅޭ ހުރިހާ މުއާމަލާތްތައް ލިޔުމުން މުވާޞަލާތު ކުރުން، މިގޮތުން އީމެއިލުން މުޢާމަލާތުކުރުމަށް ސަމާލުކަން ދިނުން، ޤަވާއިދުން އީމެއިލް ޗެކްކޮށް އީމެއިލް ތަކަށް ރިޕްލައި ކުރުން.

- މަސައްކަތާއި ގުޅުންހުރި ކަންކަމުގައި އީމެއިލް އަދި ސޯޝަލް މީޑިއާ ބޭނުންކުރުން

- ހަވާލުކުރެވިފައިވާ މަސައްކަތާއި ގުޅިގެން އޮފީސް ތަމްސީލްކުރުން

- އޮފީހުގެ މަސައްކަތް އިތުރަށް ރަގަޅުކުރެވޭނެ ގޮތާއި މެދު ބިނާކުރަނިވި ހިޔާލު ފާޅުކުރުން

- އޮފީހުން އިންތިޒާމްކޮށް އަދި މީގެ އިތުރުން ހޯދައިދޭ ޓްރޭނިންގ ފުރުސަތުތަކުގައި ބައިވެރިވުން

- އެންމެހާ ލިޔުންތަކުގެ ފައިލް  އަދި ނެޓްވާކް ފައިލްސް ބެލެހެއްޓުން.

- މަސައްކަތުގެ މަންތްލީ، ވީކްލީ، އަދި ޑެއިލީ ޕްލޭންއެއް ހެދުން

- މުވައްޒަފުންނާއި ކަސްޓަމަރުންނަށް މުއާމަލާތްކުރުމުގައި ރިވެތި އަދަބާއި ލާމަސީލު ނަމޫނާއަކަށްވުން.

- މުވައްޒަފުންނާއި ކަސްޓަމަރުންގެ މަޢުލޫމާތުތަކަށް ރައްކާތެރިވެ ސިއްރު ހިފެހެއްޓުން.

 

 

 

މަޤާމުގެ ޝަރުތު:

 

- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސ'ީ ގްރޭޑް ލިބިފައިވުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން )  www.nlm.gov.mv) ލިބެން ހުންނާނެ)

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖޫން 20 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ޤައުމީ ކުތުބުޚާނާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3313712 އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ޖޫން 21 ވަނަ ދުވަހާއި 2018 ޖުލައި 21 ވަނަ ދުވަހާ ދެމެދު، ޤައުމީ ކުތުބުޚާނާ، (މިއުޒިއަމް ބިލްޑިން އޭ) ގައެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

 

 

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3007200 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3313712 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

 

19 ރަމަޟާން 1439

03 ޖޫން 2018
ހޯދާ