މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޯ.އެން.އެސް އަށް ތެޔޮ ވިއްކުމަށް ދޫކުރި ޢިމާރާތުގައި ހުރި ތަކެތީގެ ވެރިފަރާތް ހޯދުމާއި ގުޅޭ

ނަންބަރު: (IUL)321/321/2018/66

 

އިޢުލާން

ކުރިން އޯ.އެން.އެސް އަށް ތެޔޮ ވިއްކުމަށް ދޫކުރި ޢިމާރާތް ހުރި ސަރަޙައްދު ވަރަށްބޮޑަށް ގިރަމުންގޮސް ޢިމާރާތުން ބައެއްވެއްޓި، އިތުރު ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެތީ، އެއިމާރާތް ތަޅާލާ ވައްޓާލުމަށް 24 މެއި 2018 ވަނަ ދުވަހު ކައުންސިލުން ނިންމާފައިވާތީ، އެތަނުގެ ތެރޭގައި އެއްވެސް ފަރާތަކުން ތަކެތި ބަހައްޓާފައިހުރިނަމަ 2018 މެއި 24 ވަނަ ދުވަހުގެ 16:00ގެ ކުރިން އެތަކެތި ގެންދިއުމަށް މިއިދާރާއިން އިޢުލާނުކުރުމުން، ވަގުތު ޖެހުނުއިރު އެތަނުގައި ވެރިއަކުނުވެ ހުރި ތިރީގައި މިދަންނަވާ ތަކެތިވަނީ 2018 މެއި 24 ވަނަ ދުވަހު ތުޅާދޫ ކައުންސިލް އިދާރާއަށް ގެނެވިފައެވެ.

04 ނަގިލި (ބޮޑު)

02 އައުޓްބޯޑް އިންޖީނު

64 ރީދު ހުސްހަން (ކްކިންގ އޮއިލް ހުސްކުރި)

24 ދާ ރޯލް (ކަޅު ޕްލާސްޓިކް)

07 ބާސްކެޓް

51 ޕްލާސްޓިކް ބޮޔަ (ކަޅު)

ވީމާ، 2018 ޖޫން 14 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މަތީގައި ދެންނެވިފައިވާ ތަކެތީގެ ވެރިފަރާތުން ތަކެތި ނުގެންގޮސްފިނަމަ، އެތަކެތި ނީލަމުގައި ވިއްކާލާ، ހަމަޖެހިފައިވާ އުޞޫލުތަކުގެ މަތީން އެފައިސާ ދަޢުލަތުގެ މާލިއްޔަތަށް ޖަމާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

                  21   ރަމަޟާން   1439

                  05    ޖޫން    2018

                                                                     

05 ޖޫން 2018
ހޯދާ