ދިވެހިރާއްޖެ
އުތީމު ގަނޑުވަރުގެ އަށިގޭގެ ފަން ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް
އަންދާސީހިސާބުބޭނުންވެއްޖެ
ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ދޭ މަޢުލޫމާތާ އެއްގޮތަށް ހއ. އުތީމުގައި ހުންނަ އުތީމު ގަނޑުވަރުގެ އަށިގޭގެ ފަން ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް މިޑިޕާޓްމަންޓުން ކުރި ނަންބަރު (IUL)222-AH/INDIV/2018/8 (22 އޭޕްރީލް 2018) އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅި ފާރާތްތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ އެއިޢުލާން ބާތިލްކޮށް އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު / ހއ. އުތީމު |
ހޯމަ |
11 ޖޫން 2018 |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު / ހއ. އުތީމު |
އަންގާރަ |
19 ޖޫން 2018 |
11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
21 ރަމަޟާން 1439
05 ޖޫން 2018