ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: (IUL)468-U01/468/2018/19
ވެހިކަލް ގަންނަން ބޭނުންވެއްޖެ.
މިއިދާރާ އަށް ތިރީގައި ދަންނަވާފައިވާ ވެހިކަލްތައް ގަންނަން ބޭނުންވެއްޖެއެވެ.
01 ކާރު
01 ޕިކަޕު
01 ވޭން ( މިނި ވޭން )
ވީމާ މިވެހިކަލްތައް ވިއްކަވަން ބޭނުންވާ ފަރާތްތަކުން 2018 ޖޫން 12 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާ އަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 2018 ޖޫން 25ވާ ހޯމަ ދުވަހުގެ 13:00ގައި މިއިދާރާ އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފު ކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެފޮނުވާ ފަރާތުގެ މަޢުލޫމާތު އެގޭގޮތަށް ރަސްމީ ލިއުމެއް އޮވެގެންނޫނީ ބަދަލުގައި ފޮނުވާ ފަރާތަށް މަޢުލޫމާތު ސާފުކޮށްދޭގޮތަށް ހަމަޖެހިފައި ނުވެއެވެ. އަދި ގަޑިޖެހިގެން އަންނަ ފަރާތްތަކާއި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
20 ރަމަޟާން 1439
04 ޖޫން 2018