ދިވެހިރާއްޖެ
ނަންބަރު:MNU-CA/CFS/2018/4
އިޢުލާން
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން
މި ސެންޓަރުން ހިންގާ ފައުންޑޭޝަން ކޯސްތަކަށް، އިންގްލިޝް ލެންގުއޭޖް، ދިވެހި، މެތެމެޓިކްސް، ބައޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އިކޮނޮމިކްސ، އެކައުންޓިންގ، ބިޒްނަސް ސްޓަރޑީޒް އަދި ކޮމްޕިޔުޓިންގ، މި މާއްދާތައް ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރުން ބޭނުންވެއެވެ.
ސެންޓަރފޮރ ފައުންޑޭޝަން ސްޓަރޑީޒްގައި މިއަހަރު ގެ ފުރަތަމަ ޓާމްގައި ކިޔަވާދެއްވި ލެކްޗަރަރއިން 2 ވަނަ ޓާމްގައި ކިޔަވައިދެއްވަން ވަޑައިގަންނަވަން ބޭނުންފުޅުވާނަމަ ސިޓީއަކުން އެންގެވުން އެދެމެވެ.
ބޭނުންވާ ޢަދަދު: މާއްދާއަކަށް 2-6
ޝަރުޠު: ކިޔަވައި ދެއްވާ މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
އުޖޫރަ: - ނަންގަވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ
- މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިޙާނުކަރުދާހަކަށް -/35 ރުފިޔާ
މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، 11 ޖޫން 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މި ސެންޓރަށް ނުވަތަ މި ސެންޓަރުގެ އީމެއިލް [email protected] އަށް މިކަމަށް އެދި ހުށަހަޅަންޖެހޭ ސިޓީއާއި ލިޔުންތައް ފޮނުއްވައިދެއްވުން އެދެމެވެ.
ހުށަހަޅުއްވަންޖެހޭ ލިޔުންތައް:
- ޕާޓްޓައިމް ލެކްޗަރަރ ކަމަށް އެދި ހުށަހަޅާ ސިޓީ
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345141 ނުވަތަ 3345142 ނަންބަރާ ގުޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަކީ މި ސެންޓަރުގެ ފަރާތުން އެދޭ އެދުމެކެވެ.
