މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯރޓްސް އެރީނާ ޕުރޮޖެކްޓުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ވޮލީ ކޯޓުތައް މަރާމާތުކުރުން

                 ސްޕޯރޓްސް އެރީނާ މަޝްރޫޢުގެ ދަށުން މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ޤާއިމްކުރެވޭ ވޮލީކޯޓުތައް މަރާމާތުކުރުމަށް ކުރެވުނު އިޢުލާނު ނަމްބަރު:

(IUL)304-EDS/304/2018/18(03 އޭޕްރީލް 2018) ގެ ދަށުން ހުށައެޅިފައިވާ އަގުތައް ބޮޑުކަމަށް ފެންނަކަމަށް މިނިސްޓްރީ އޮފް ޔޫތް އެންޑްސްޕޯރޓްސް އިން އަންގާފައިވާތީ، އެ

އިޢުލާން ބާޠިލްކޮށް ކުރެވުނު އިޢުލާން ނަމްބަރު: (IUL)304-EDS/304/2018/30(31 މެއި 2018)ދަށުން އެއްވެސް ފަރާތެއް މަޢުލުމާތު ސާފުކުރުމަށް ޙާޟިރުވެފައިނުވާތީ، އެ

އިޢުލާންވެސް ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

                 ސްޕޯރޓްސް އެރީނާ ޕުރޮޖެކްޓުގެ ދަށުން މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ތަރައްޤީކުރެވޭ ވޮލީ ކޯޓުތައް މަރާމާތުކުރުމުގެމަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ.

                 ވީމާ، ދުވާފަރުގެ ކައުންސިލްގެ އިދާރާއިން ކަނޑައަޅައި ގޮތެއްގެ މަތީން، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށްޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ

ތާރީޚްއަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި ބިޑް ހުށައެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

10 ޖޫން 2018

އާދިއްތަ

މެންދުރު 13:30

ބިޑް ހުށައެޅުން

13 ޖޫން 2018

ބުދަ

މެންދުރު 13:30

                އަންދާސީ ހިސާބު ހުށައެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ.މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ

ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި

ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ،

ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް ފޮނުވަންވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

04 ޖޫން 2018
ހޯދާ