ދިވެހިރާއްޖެ
ނަންބަރ: IUL)221-ASS/1/2018/10)
އިޢުލާން
ދެ އަހަރު ދުވަހުގެ މުއްދަތަށް މި އޮތޯރިޓީ ލިފްޓް ސާރވީސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ
ދެ އަހަރު ދުވަހުގެ މުއްދަތައް މި އޮތޯރިޓީގެ ލިފްޓް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު IUL)221-ASS/1/2018/8) (މ15މެއި 2018 ) އިއުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތަކުގައި މައުލޫމާތު ފުރިހަމަ ނުވާތީވެ އެ އަންދާސީ ހިސާބުތައް ބާތިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2018 ޖޫން 11 ވާ ހޯމަ ދުވަހުގެ 10:30 އަށް މިއޮތޯރިޓީއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޖޫން 14 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
20 ރަމަޟާން 1439