ދިވެހިރާއްޖެ
c |
|
SECRETARIATE OF THE FAADHIPPOLHU KURENDHOO COUNCIL |
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ |
Lh. Kurendhoo |
ޅ. ކުރެންދޫ، |
Republic of Maldives |
ދިވެހިރާއްޖެ |
Economic Development |
އެކޮނޮމިކް ޑިވެލޮޕްމަންޓް |
ނަންބަރު: (IUL)328-ED/328/2018/25
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު:
ކުރެންދޫ އިޖްތިމާޢީ ސަރަޙައްދުތައް އަލިކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ހޮޅިދަނޑިތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކޮށްފައިވާ ނަމްބަރު: (IUL)328-ED/328/2018/21 (18 މާރޗް 2018) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ކުރެންދޫ އިޖްތިމާޢީ ސަރަޙައްދުތައް އަލިކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ހޮޅިދަނޑިތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެ، ވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކާއި ގަޑިތަކަށް މަޢްލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެން ދެއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ. މަޢްލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އެކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
މަޢްލޫމާތު ސާފުކުރުން |
12 ޖޫން 2018 |
އަންގާރަ |
11:30 (ހެނދުނު) |
އަންދާސީ ހިސާބު ހުށަހެޅުން |
24 ޖޫން 2018 |
އާދީއްތަ |
11:30 (ހެނދުނު) |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
19 ރަމަޟާން 1439
03 ޖޫން 2018