ދިވެހިރާއްޖެ
ނަމްބަރު:IUL)297/INDIV/2018/34)
އިޢުލާން
މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މިއިދާރާއިންދޭ މަޢުލޫމާތާއެއްގޮތަށް ޓިނާއި ބައެއް ދަގަނޑު ދިނުމުން އަމިއްލަ ތަކެތީގައި މިދާރާގެ ރަންވެލި ދެކުނު ފަރާތުގައި ފެންޑާއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.
މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 2018 ޖޫން 5 ވާ އަންގާރަ ދުވަހުގެ 11:00 ގައި  | 
| 
 އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ކެނޑުން  | 
 2018 ޖޫން 12 ވާ އަންގާރަ ދުވަހުގެ 11:00 ގައި  | 
މިކަމަށް ހުށަހަޅާ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
މިއިއުލާނާ ގުޅިގެން މިއިދާރާގެ ނަމްބަރުIUL)297/INDIV/2018/26) އޭޕްރީލް17 2018 އިއުލާނަށް އިޖާބަދީ ހުށަހަޅުއްވާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އެއިއުލާން ވަނީ ބާޠިލްކުރެވިފައެވެ.
| 
 މާކްސްދެވޭ ކްރައިޓީރިއާ  | 
 މާކްސް ދެވޭ ގޮތް  | 
 ތަފުސީލު  | 
 ފޯމިއުލާ  | 
| 
 އަގު  | 
 80%  | 
  | 
 (Benchmark Price / Submitted Price) x Allocated Percentage  | 
| 
 ތަޖުރިބާ  | 
 10%  | 
  | 
 ( Submitted years of experience / Benchmark years ) x Allocated Percentage  | 
| 
 މުއްދަތު  | 
 10%  | 
  | 
 (Benchmark Delivery Period / Submitted Delivery Period) x Allocated Percentage  | 
19 ރަމަޟާން 1439
3 ޖޫން 2018
