މަޤާމު:
|
ލޯންޗު ޑްރައިވަރ
|
މަޤާމުގެ ނަންބަރ:
|
(J223017)
|
ބޭނުންވާ ޢަދަދު:
|
1 އެކެއް
|
މަގާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެސް.އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސަޕޯޓްސް ސްޓާފް ގްރޭޑް 3
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، މުލަކަތޮޅު މުލި
|
މުސާރަ:
|
3875.00ރުފިޔާ (މަހަކު)
|
ސަރވިސް އެލަވަންސް:
|
1000.00ރުފިޔާ (މަހަކު)
|
އެހެނިހެން އެލަވަންސް:
|
1200.00ރުފިޔާ (މަހަކު)
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތާއި ވާޖިބުތައް:
|
- އަތޮޅުކައުންސިލްގެ އިދާރާގެ މަތިފަޅު ލޯންޗުގައި ކުރަންޖެހޭ ދަތުރުތައް، (ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުމުގައި ކެޕްޓަން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.
- އަތޮޅުކައުންސިލްގެ އިދާރާގެ މަތިފަޅު ލޯންޗް ދުއްވާއިރުގައާއި ފަޅުގައި އޮންނައިރު، ލޯންޗައް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، ލޯންޗުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
- ލޯންޗުގެ އިންޖީނަށްބޭނުންވާ ޕެޓިރޯލާއި، އަޑީތެލާއި، އެހެނިހެންސާމާނާއި އަދި މީގެއިތުރުންވެސް ލޯންޗަށް ހޯދަންޖެހޭ ތަކެތި ކަމާބެހޭ މުވައްޒަފަށް ދަންނަވައިގެން ހޯދުމާއި، އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ހަލާކުވާތަކެތި ކަމާބެހޭ ސެކްޝަނާ ހަވާކުރުން.
- ދަތުރަށް ފެށުމުގެކުރިން ސަލާމަތާބެހޭތަކެއްޗާ މުއާސަލާތުގެތަކެއްޗާއި ދަތުރަށް ބޭނުންވާ ޕެޓިރޯލާއި އެހެނިހެން ތަކެތި ހަމަޔަށްހުރިތޯބަލާ ޗެކްކުރުން.
- ލޯންޗުގެ ސަލާމަތީސެޓްފިކެޓްގެ މުއްދަތުހަމަވުމުގެކުރިން ސެޓްފިކެޓް ހެއްދުމަށް ކަމާބެހޭ މުވައްޒަފަށް ހުށަހެޅުން.
- ލޯންޗް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ލޯންޗުގެ ފަޅުވެރިންނާ ހަވާލުކޮށްފައިވާ މަސައްކަތް އެމީހުންލައްވާކުރުވުމާއި، އެމީހުންގެ މަސައްކަތް ސުޕަވައިޒްކުރުން.
- އަތޮޅު ކައުންސިލް އިދާރާގެ މަތިފަޅު ލޯންޗު ފަޅުގައި އަޅާފައި އޮންނައިރު ދިޔަހިއްކޭތޯ ބެލުމާއި ވާވެލާވެލިހުރީ ރަނގަޅަށްތޯމަދުވެގެން ދުވާލަކު އެއްފަހަރުބަލައި ގޯސްކޮށްހުރިނަމަ އެކަމެއް ފަޅުވެރިންނަށް އަންގައިގެން ރަނގަޅުކުރުން.
- އަތޮޅު ލޯންޗުގެ ފެހިކެހުމާއި ފަޅުގައި އަޅާފައި އޮންނައިރުގައާއި ދަތުރުތައް ނިންމުމަށްފަހު އެނބުރި ރަށަށްއައިސް ލޯންޗުރަނގަޅަށް ސާފުކޮށް ހަޑިނުވެ އޮންނާނޭހެން ޤަވާޢިދުން މަސައްކަތްކުރަމުން ގެންދިއުމާއި ފަޅުވެރިންލައްވާ ކުރުވުން.
- ދަތުރުތަކުގައި މަޑުކުރާ ރަށްރަށުގައި މަތިފަޅުލޯންޗު ރަނގަޅަށް ބެލެހެއްޓުމާއި ފަޅުވެރިންލައްވާ އެކަން ކުރުވުން. (ލޯންޗު މަޑުކުރާ ރަށްރަށުގައި ފަޅުގައި ލޯންޗު އޮންނައިރު މަދުވެގެން އެކަކު ލޯންޗުގައިނެތި ހުރިހާމީހުން ލޯންޗުން ފައިބައިގެން ގޮސްގެން ނުވާނެއެވެ.)
- ދަތުރުކޮށް ނިމުމާއެކު ދަތުރުލޮގު ފުރިހަމަ ކުރުމަށްފަހު (ދަތުރުފެށި ގަޑި، ދަތުރު ނިންމިގަޑި، ދަތުރުކުރި ތާރީޚް، ދިޔަރަށް، ދަތުރުގެ ބައިވެރިން އަދި ދަތުރުގެ ބޭނުން) ވީ އެންމެ އަވަހަކަށް ކަމާބެހޭ މުވައްޒަފަށް ޙަވާލުކުރުން.
- އަތޮޅު ލޯންޗު އެހެލާ ބޭލުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް އަތޮޅު ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެމަތީން ކުރުމާއި ފަޅުވެރިންލައްވާ ކުރުވުން.
|
މަޤާމުގެ ޝަރުތުތައް:
|
- މަޤާމަށް ބޭނުންވާ ތަމްރީނެއް /ލައިސަންސެއް/ ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑްގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފެންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން: ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަމްރީނަށް ބަލައިގެން.
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން.
- ލިބިފައިވާ ހުނަރު، ފެންވަރު، ޞިއްޙަތު، ގާބިލްކަމަށް ބަލައިގެން.
|
މަޤާމަށް އެދެންވީ ގޮތާއި
ސުންގަޑި:
|
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 12 ޖޫން 2018 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މުލަކަތޮޅު އަތޮޅު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) އަދި ފެކްސް 6720017 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު
އޮންނާނެ ތަނާއި މުއްދަތު:
|
- މިމަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 14 ޖޫން 2018 އާއި 16 ޖޫން 2018 އާ ދެމެދު މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
|
ޝޯޓް ލިސްޓް ކުރުން:
|
- މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޢަދަދު 05 އަށް ވުރެ ގިނަނަމަ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|