ދިވެހިރާއްޖެ
މިއިދާރާއަށް 09 ޑެސްކްޓޮޕް ކޮމްޕިއުޓަރ ގަތުމަށް ބޭނުންވެއެވެ.
ވީމާ، މިއިދާރާއަށް 09 ޑެސްކްޓޮޕް ކޮމްޕިއުޓަރ ވިއްކުމަށް ޝައުޤުވެރިވެލައްވާ (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ) ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށް ފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
- މަޢުލޫމާތު ސާފުކުރުން: 07 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 13:30
- އަންދާސީ ހިސާބު ހުށަހެޅުން: 14 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 13:30
މައުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާން ކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދަންނަވަމެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބިޑާއި ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި ބިޑު ހުށަހެޅުމަށް ބައިވެރި ނުވެވޭނެ ކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6528831 އަށް ގުޅުއްވުން އެދެމެވެ.