އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތޮއްޑޫގެ ޤަބުރުސްތާނުގެ ވަށައިފާރު މަރާމާތުކޮށް ރޭނުމުގެ މަސައްކަތް

ތޮއްޑޫގެ ޤަބުރުސްތާނުގެ ވަށައިފާރު މަރާމާތުކޮށް ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރެވުނު ނަންބަރު:(IUL)339/339/2018/24 އިޢުލާނާއި، ގުޅިގެން ހުށައަޅާފައިވާ އަގުތައް ބޮޑުކަމަށްފެންނާތީ، އަލުން އިޢުލާން ކުރަމެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތްތަކާގުޅޭ މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށައެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެން ދެއްވުންއެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ތޮއްޑޫ ކައުންސިލްގެ އިދާރާ

12 ޖޫން 2018

އަންގާރަ

13:00

އަންދާސީ ހިސާބު ހުށަހެޅުން

ތޮއްޑޫ ކައުންސިލްގެ އިދާރާ

18 ޖޫން 2018

ހޯމަ

13:00

  • މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކާއި، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތުނެތް ވާހަކަ ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކުރަން ވަޑައިގަންވާއިރު ތިރީގައި މިދަންނަވާ ތަކެތި ގެންނަވަންވާނެއެވެ. 

  • އަމިއްލަ ފަރާތަކުން ވަޑައިގަންނަވާނަމަ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑް ކޮޕީ.
  • ކުންފުންޏަކުން ވަޑައިގަންނަވާނަމަ އެކުންފުނީގެ ފަރާތުން ސިޓީއަކާއި އެކު ބަދަލުގައި މީހަކުފޮނުވާކަމުގެ ލިއުން.

 

03 ޖޫން 2018
ހޯދާ