ދިވެހިރާއްޖެ
ނަންބަރު: IUL)32-A2-PR/1/2018/30
އިޢުލާން
މިއޮފީހުގައި 24000 ބީޓީޔޫގެ ސީލިންގ މައުންޓް އެއަރ ކޮންޑިޝަންއެއް ހަރުކުރަން ބޭނުންވެއްޖެ
މި އޮފީހުގައި 24000 ބީޓީޔޫގެ ސީލިންގ މައުންޓް އެއަރ ކޮންޑިޝަންއެއް ހަރުކުރުމަށް މި އޮފީހުން ކުރި ނަންބަރު: (IUL)32-A2-PR/1/2018/26 (23 މޭ 2018) އިޢުލާނާ ގުޅިގެން، އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖޫން 06 ވަނަ ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން މަޢޫލުމާތު ސާފުކުރެއްވުމަށްފަހު 2018 ޖޫން 11 ވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ، މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
19 ރަމަޟާން 1439