ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫ ކައުންސިލްގެ 2 ވަނަ ފިޠުރު ޢީދު ފުޓްސަލް މުބާރާތް 2018 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ހއ ދިއްދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާޢީ އަދި ކުޅިވަރުގެ ރޫޙު އާލާކުރުމާއި، ދިއްދޫގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލް ކުރިއެރުވުމާއި، ދިއްދޫ ޒުވާނުންގެ ފުޓްސަލްގެ ހުނަރުތައް ދައްކާލުމަށާއި، އެ ކަމުގައި ވާދަކުރުމުގެ ފުރުޞަތު އެ ފަރާތްތަކަށް އިންތިޒާމީ ގޮތެއްގައި ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ހއ ދިއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ 2 ވަނަ ފިތުރު ޢީދު ފުޓްސަލް މުބާރާތް 2018 ގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފީމެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ފިޠުރު ޢީދު ދުވަހާ ޖެހިގެން އަންނަ ވަޅު ޢީދު ދުވަހުއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގައި ރަޖިސްޓްރީކޮށްގެން ހިންގާ ދިއްދުއަށް ނިސްބަތްވާ އިޖްތިމާޢީ ނުވަތަ ކުޅިވަރު ކްލަބްތަކާއި، ޖަމްޢިއްޔާތަކަށާއި، ޖަމާޢަތްތަކުގެ އިތުރުން ދިއްދޫގައި ހުރި ދައުލަތުގެ މުއައްސަސާތަކަށާއި، ސަރުކާރުގެ ކުންފުނިތަކަށާއި، ޕަބްލިކް ލިމިޓެޑް ކުންފުނިތަކަށެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ޓީމް ރަޖިސްޓްރީކުރެއްވުމަށްޓަކައި ދިއްދޫ ކައުންސިލުން ކަނޑައަޅާފައިވާ D-02 ފޯމް (ހއ ދިއްދޫ ކައުންސިލްގެ ފިޠުރު ޢީދު ފުޓްސަލް މުބާރާތުގައި ޓީމް ރަޖިސްޓްރީ ކުރާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، 4 ޖޫން 2018 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިއްދޫ ކައުންސިލަށް ފޯމް ހުށަހެޅުއްވުމަށް ދެންނެވީމެވެ. 

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވައިދު، ދިއްދޫ ކައުންސިލްގެ އިދާރާއިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ އޮފީސް ބަންދުކުރުމާ ހަމައަށް ލިބިވަޑައިގަންނަވާނެއެވެ. އަދި ފޯމާއި ގަވައިދު، ދިއްދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް އިން ޑައުންލޯޑްކުރެއްވޭނެއެވެ.

ވީމާ، މި ކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

01 ޖޫން 2018
ހޯދާ