| 
 އިޢުލާނު 
  
 | 
| 
 ވަޒީފާގެ ފުރުޞަތު 
 | 
 (IUL) 13-HR/13/2018/115 ނަންބަރު: 
 | 
| 
 މަޤާމް: 
 | 
 އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ 
 | 
| 
 މަޤާމުގެ ނަންބަރު: 
 | 
 J-290913 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ދާއިމީ 
 | 
| 
 މަޤާމުގެ ރޭންކް: 
 | 
 (ޖީ.އެސް 4) 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން: 
 | 
 އޮފިސަރ ގްރޭޑް 2 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން: 
 | 
 މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، 
ކ. މާލެ 
 | 
| 
 މުސާރަ: 
 | 
 މަހަކު 5,020/- ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް: 
 | 
 މަހަކު 1,500/-  ރުފިޔާ 
 | 
| 
 އެހެނިހެން އެލަވަންސް: 
 | 
 -          ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ. 
-          ސިވިލް ސަރވިސް މުވައްޒަފުންނަށް ދެވޭ ސަޕޯޓިންގ ކޯ އެލަވަންސްގެ 700/-  ރުފިޔާ ކޮންމެ މަހަކު ދެވޭނެއެވެ. 
-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ. 
-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން 
-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- މާލިއްޔަތު ޤަވައިދުގައިވާ ގޮތުގެ މަތިން ކޮންމެ އަހަރެއް ފެށޭއިރު، އޮފީހަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ޑިވިޜަން ތަކުނެ ހޯދައި، ވެރިއެއްގެ ލަފާގެ މަތިން ޕްރޮކިއުމަންޓް ޕްލޭން ތައްޔާރު ކުރުމަށްފަހު ޓެންޑަރ ސެކްޝަނަށް ފޮނުވުން. 
 
- ސެކްޝަންތަކުން ތަކެއްޗާއި ޚިދުމަތަށް އެދި ހުށަހަޅާ ފޯމް ފޮނުވުމުން ތަންތަނުން ކޯޓޭޝަން ހޯދައި 1000 ރުފިޔާއަށް ވުރެ މަދުނަމަ ތަކެތި، ރިކުއިޒިޝަން ފޯރމް ހުށަހަޅާދުވަހުގެ އަނެއް ދުވަހު ހޯދުން އަދި ކޯޓޭޝަން މެއިންޓޭން ކުރުން.
 
- ތަކެތީ ގެ އަގު 35،000.00 ރުފިޔާއަށް ވުރެ ދަށްނަމަ 3 ކޯޓޭޝަން ހޯދައިގެން، ވެރިއެއްގެ ލަފާގެ މަތިން  އޮފީހަށް ފައިދާ ހުރި ގޮތަކަށް ތަކެތި ގެނައުމުގެ މަސައްކަތް ރިކުއިޒިޝަން ފޯރމް ހުށަހަޅާތާ 3 ދުވަހުގެ ތެރޭގައި ހޯދުން  
 
- ވެރިއެއްގެ ލަފާގެ މަތިން އެސް.އޭ.ޕީ ސިސްޓަމް މެދުވެރިކޮށް ޕާރޗޭސް އޯޑަރ (ޕީ.އޯ) ހެދުމާއި އެސެޓް ކްރިއޭޓް ކުރުމަށް ރިކުއެސްޓް ކުރުން
 
- ވެރިއެއްގެ ލަފާގެ މަތިން މިނިސްޓްރީގައި ބޭނުން ކުރަމުންގެންދާ އަގުބޮޑު، ހާޑްވެއަރ ސިސްޓަމްތައް (ކޫލިންގ ސިސްޓަމް، ބެކަޕް ސިސްޓަމް، ޕްރިންޓަރ، ފޮޓޯ ކޮޕީ މެޝިން) ސާރވިސް ކުރުމަށް ޓެންޑަރކޮށް، ކޮންޓްރެކްޓަރެއް ހޯދައި، ބެލެހެއްޓުން 
 
- މިނިސްޓްރީއަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ހޯދުމުގައި 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ ވެރިއެއްގެ ލަފާގެ މަތިން އިޢުލާން ކުރުމުގެ ހުއްދަ ނެގުމަށްފަހު މަޢުލޫމާތު ޝީޓު އެޕްރޫވްކޮށް އިޢުލާން ގެޒެޓް ކުރުން
 
- މާލިއްޔަތު ޤަވައިދުފައިވާ ގޮތުގެ މަތިން ޕްރީ ބިޑް މީޓިންގއާއި ބިޑް އޯޕަނިންގގެ މަސައްކަތް ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން
 
 
  
- ވެރިއެއްގެ ލަފާގެ މަތިން ބިޑްތައް އިވޭލުއޭޓްކޮށް، ބިޑް ކޮމިޓީއަށް ހުށަހަޅައި، ޔައުމިއްޔާ ނޯޓުކޮށް ބެލެހެއްޓުމާއި ހުރިހާ މެމްބަރުން ސޮއިކޮށްފައިވާ ޔައުމިއްޔާތަކުގެ ކޮޕީ ޓެންޑަރ ސެކްޝަނަށް ފޮނުވުން
 
- ވެރިއެއްގެ ލަފާގެ މަތިން ބިޑް ކޮމިޓީގެ ނިންމުމާ އެއްގޮތަށް މަސައްކަތް ޙަވާލުކުރުމަށް އެގްރީމަންޓް ތައްޔާރުކޮށް ލޯޔަރުގެ އިރުޝާދުގެ މަތިން ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު މަސައްކަތް ކުރިއަށް ދާގޮތް މޮނިޓަރކޮށް ބެލެހެއްޓުން
 
- ވެރިއެއްގެ އިރުޝާދުގެ ދަށުން މިނިސްޓްރީއަށް ގަންނަ ތަކެއްޗާއި ހަވާލުވެ އޮފީހުގެ އިންވެންޓްރީއަށް އެންޓަރ ކޮށް ނަމްބަރުޖެހުމަށް ފަހު އެދުނުފަރާތަށް ހަވާލުކުރުމަށް ފަހު، ވޮރޮންޓީ ގެ މުއްދަތުގެ ތެރޭގައި ހުންނަ އެސެޓްތައް ބެލެހެއްޓުން.
 
- އިންވެންޓްރީއަށް އަންނަ ބަދަލުތައް ޤަވައިދުން ރެކޯޑު ކުރަމުން ގެންދިއުމާއި، ކޮންމެ އަހަރެއް ނިމުމުން އިންވެންޓްރީ ރިޕޯޓް ތައްޔާރުކޮށް ވެރިއެއްގެ ލަފާގެ މަތިން ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަނާ ޙަވާލުރުކުރުން.
 
- ވެރިއެއްގެ ލަފާގެ މަތިން ޕްރޮކިއުމަންޓާއި ގުޅިގެން އަންނަ އިންވޮއިސްތަކުގެ ޑޮކިއުމަންޓް ހަމަކޮށް، ފައިސާ ދެއްކުމަށްޓަކައި ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަނަށް ފޮނުވުން
 
 
  
 | 
| 
 މަޤާމުގެ ޝަރުތުތައް: 
 | 
- 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރު 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
 
 
  
  
  
  
ނުވަތަ، 
  
- 'މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
 
 
  
ނުވަތަ، 
- ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:
 
 
(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 
(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
 
 
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
 -          ގިނަ ވަގުތުގައި މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން. 
-          ތެދުވެރިކަމާއި، ފަރުވާތެރިކަމާއެކު ރަނގަޅަށް މުޢާމަލާތް ކުރުމުގެ ހުނަރާއި މުޢާމަލާތްކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަހުރުން. 
-          ވިސްނުންތޫނުކަމާއެކު ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން. 
-          މައިކޮރޯ ސޮފްޓް ވޯރޑް އަދި އެކްސެލް ބޭނުން ކުރަން އެނގުން 
-          ކޮމްޕިއުޓަރ ބޭނުންކުރަން އަހުލުވެރިވެފައިވާ މިންވަރު 
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖޫން 2018 ވާ ( އާދީއްތަ) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
 | 
| 
 އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 20   ޖޫން 2018 އާއި 05 ޖުލައި 2018 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގައެވެ. 
 | 
| 
 ޝޯޓް ލިސްޓްކުރުން: 
 | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 | 
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3349252/3349169/3349315/3349297 ނަންބަރ ފޯނާއެވެ.  އީ-މެއިލް ކުރާނީ ([email protected]) އަށެވެ. 
 |