ދިވެހިރާއްޖެ
ނަމްބަރ: GS-26/IUL/2018/25
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ.
މި ސްކޫލުގެ 2018 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ޝީލްޑާއި ޓްރޮފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވެރިވާ ފަރާތްތަކުން 7 ޖޫން 2018 ވާ ބުރާސްފަތި ދުވަހު 11:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 ޖޫން 2018 ވާ ބުރާސްފަތި ދުވަހު 11:30 އަށް އަންދާސީ ހިސާބު މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.
މި ސްކޫލަށް ބަލައިގަންނާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު އެކަނި ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ގެންދެވޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށް ވެސް އެއްފަރާތެއްގެ ނަމުގައެވެ.