ދިވެހިރާއްޖެ
މި މިނިސްޓްރީއިން ކުރިޔަށް ގެންދަމުންދާ ގދ.ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތަކަށް ބެނުންވާ އެންވަރަމަންޓަލް ކޮންސަލްޓަންސީ އާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަސައްކަތަށް ޝަރުތު ހަމަވާ އެންމެހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމަށް ދައުވަތު އަރުވަމެވެ.
ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން ކޮންމެހެން ހުޅަހަޅަންޖެހޭ ލިޔެކުޔުންތައް:
- ކޮމްޕެނީ ޕްރޮފައިލް
- އެންވަޔަރަމަންޓަލް ކޮންސަލްޓަންޓުންގެ އީ.އައި.އޭ ލައިސެންސުގެ ކޮޕީއެއް
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 03 ޖޫން 2018 ވަނަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގައި އޮންނާނެކަމުގައި ދަންނަވަމެވެ.
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޑައިގެން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުއްވުން އެދެމެވެ. ސުންގަޑިއަށް ޙާޒިރުނުވާ ފަރާތްތަކަށް އީ.އޯ.އައި ހުށަހެޅުމަށް ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަންވާނީ ތިރީގައިވާފަދައިން ލޭބަލްކޮށް ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ:
"Expression of interest for Environmental Impact Assessment (EIA) for Proposed Reclamation Project of GDh.Faresmaathoda”
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންފްރަސްޓްރަކްޗަރ ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004327/3004110 ފެކްސް:3004301
އީ-މެއިލް: [email protected]