ދިވެހިރާއްޖެ
މަޑަވެލި އުތުރުކޮޅުން "މަޑަވެލި ފިޝްވިލެޖް"އަށް ދޫކޮށްފައިވާ ބިމާއި އިންވެގެން ދެކުނަށް އޮތް ބިން ދޫކުރުމަށް މިއިދާރާއިން ކުރި (IUL)416-ESMED/416/2018/17 (15 މާރިޗް 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
މަސްކައްކާ ހިއްކުމާއި، މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ވިޔަފާރި އުސޫލުން ބިމެއް ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލުން
މަސްކައްކާ ހިއްކުމާއި، މަސްވެރިކަމާއި ގުޅުންހުރި އެހެނިހެން މަސައްކަތަށް ގދ.މަޑަވެލީ އުތުރުކޮޅުން 5000 އަކަފޫޓްގެ (R2016-374 ނަމްބަރު ބިން) ވިޔަފާރި އުޞޫލުން 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމުގެ ފުރުޞަތު މިވަނީ ހުޅުވާލެވިފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުގައި ގަޑިއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.
ތަން |
ވަގުތު |
ދުވަސް |
ތާރީޚް |
|
ގދ. މަޑަވެލި ކައުންސިލްގެ މީޓިން ރޫމް |
13:30 |
އަންގާރަ |
05 ޖޫން 2018 |
މަޢުލޫމާތު ސާފުކުރުން |
13:30 |
އާދީއްތަ |
10 ޖޫން 2018 |
ބީލަން ހުށަހެޅުން |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު: 6840006 ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.