ދިވެހިރާއްޖެ
`
ނަންބަރ:- (IUL)248-ESMSMS/248/2018/35
އިޢުލާން
ރަށު ފެންވަރުގައި ބާއްވާ ކީރިތި ޤުރުޢާން ކިޔެވުމުގެ މުބާރާތް 2018 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން.
ރަށުފެންވަރުގައި ބާއްވާ ޤުރުއާން ކިޔެވުމުގެ މުބާރާތް 2018 ގައި ބައިވެރިވުމުގެ މުއްދަތު 03 ޖޫން 2018 ވާ އާދިއްތަ ދުވަހުގެ 13:00 އަށް އިތުރުކޮށްފީމެވެ.
މި މުބާރާތަކީ މިއަހަރު، މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށާއި، އަދި މި އަތޮޅު ފެންވަރުގައި ބާއްވާ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. އެއީ ޤައުމީ ޤުރުއާން މުބާރާތަށް ކުދިން ހޮވެނީ ރަށު ފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތުން ރަނގަޅު ނަތީޖާ ހޯދައި، އަތޮޅު ފެންވަރުގައި ބާއްވާ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވެ އެ މުބާރާތުން ރަނގަޅު ނަތީޖާ ހޯދައި ދަރިވަރުންނަށް ކަމުގައި ވާތީއެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 03 ޖޫން 2018 ވާ އާސީއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދާއި ޓީމް ލިސްޓް ހުށަހަޅުއްވާ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިމުބާރާތުން އެކި ވަނަތައް ޚާސިލްކުރާ ދަރިވަރުންނަށާއި، އިދާރާތަކާއި، ކުލަބު ޖަމިއްޔާ ޖަމާއަތްތަކަށް އިނާމާއި، ހަދާނީ ލިޔުން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
15 ރަމަޟާން 1439
30 މެއި 2018