މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ އަތޮޅު ކައުންސިލް އިދާރާގެ އަތޮޅުދޯނި

މިއިދާރާގައި ބޭނުންކުރަމުންގެންދާ އަތޮޅުދޯނި "ފަރުކޮޅު" ރަޖިސްޓްރީ ނަންބަރު G4577A-07-15-C  ސިޓީލައި ނީލަމުގައި ވިއްކާލުމަށްކުރި މިއިދާރާގެ ނަންބަރު  (IUL)227-CA/227/2013/41 (19  ނޮވެމްބަރ  2013) އިޢުލާންގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ މުއްދަތު އިތުރުކޮށް އަލުން ހުށައަޅަމެވެ.

މި ނީލަން ފެށޭއަގަކީ -/600،000ރުފިޔާ (ހަލައްކަ ރުފިޔާ) އެވެ. ނީލަމަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން -/10،000 ރުފިޔާ ( ދިހަހާސް ރުފިޔާ ) އެވެ. ކޮންމެ ދުވަހަކުވެސް ހުށައެޅޭ އެންމެ މަތީއަގު އެދުވަހެއްގެ 14:00ގެ ފަހުން މިއިދާރާގެ ނޯޓިސްބޯޑުންނާއި މިއިދާރާގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 7 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް  ނީލަން ނިމޭނެއެވެ. ނަމަވެސް ކުރިމަތިލުމަށް ހުޅުވާލެވޭ މުއްދަތުގައި އެއްވެސް ފަރާތަކުން އަގުހުށަހަޅުއްވާފައި ނުވާނަމަ ހުޅުވާލެވޭ ތާރީޚުންފެށިގެން ބަންދުނޫން 14 ދުވަހު މިއިޢުލާނަށް އަގުހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން 2013 ޑިސެންބަރު 12 ވާ ބުރާސްފަތި ދުވަހުގެ 9:00 ން ފެށިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ އެކަމަށް މިއިދާރާއިން ކަނޑައަޅާފައިވާ ފޯމްގައެވެ. މިފޯމު އަދި އުޅަނދާއި ބެހޭ މައުލޫމާތާއި ފޮޓޯ މިއިދާރާއިންނާއި އަދި މިއިދާރާގެ ވެބްސައިޓް: www.shaviyani.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަގު ހުށަހަޅާ ފޯމު ރަސްމީ ދުވަސް ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ ފެކްސް އަދި އީމެއިލްގެ ޒަރީއާއިންވެސް ހުށައެޅިދާނެއެވެ. ފެކްސް ނަންބަރަކީ 6540057 އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އަދި އުޅަނދު ބެއްލެވުމަށް ގުޅުއްވާނީ މިއިދާރާގެ 6540038، 6540025 މި ނަންބަރު ފޯނާއެވެ.

                  03 ޞަފަރު 1435

05 ޑިސެންބަރު 2013
ހޯދާ