ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

                                    ނަންބަރ: IUL)468-U02/468/2018/18)    

މިއިދާރާއިން ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ނެގުމަށް 23 އެޕްރީލް 2018 ވަނަ ދުވަހު ކުރި ނަންބަރ

(IUL)468-U02/468/2018/13އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

މަޤާމް

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމްގެ ނަންބަރ

J-289828

ބޭނުންވާ ޢަދަދު

1 (އެކެއް )

މަޤާމްގެ ގިންތި

 ދާއިމީ

މަޤާމްގެ ރޭންކް

އެމް.އެސް.1

މަޤާމްގެ ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން

ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާ

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވެންސް

-/2000 ރުފިޔާ

އިތުރު ޢިނާޔަތްތައް

ސަޕޯޓިންގ ކޯ އެލަވަންސް -/700 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ހުރިހާ އިމާރާތްތައް ( ލޯކަލް މާރުކޭޓް، އިޖުތިމާޢީ މަރުކަޒު، މަސްމާރުކޭޓް، އަތޮޅުގެ، ހުރިހާ ގުދަންތައް، ކުރުދުމާ މާލަމް އަދި ފުވައްމުލަކު ސްޓޭޑިއަމާއި ރަސްމީ ބޯޅަދަނޑު ) ބެލެހެއްޓުމާއި އަދި ކުރަންޖެހޭ މަރާމާތުތައް ކުރުވުން.

 ކައުންސިލް އިދާރާގެ އިންވެންޓްރީ އަށް ނަގަންޖެހޭ ތަކެތިނަގާ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ކޮންމެ 3 މަހުން އެއްފަހަރު އިންވެންޓްރީގެ އަޕްޑޭޓް ކޮޕީ އެއް ޕްރިންޓްކޮށް ފައިލް ކުރުން.

 ކައުންސިލް އިދާރާގެ ބޭނުންކުރަމުންދާ އަސާސީ ޚިދުމަތްތަކުގެ ( ފޯނު، ކަރަންޓް އަދި އިންޓަނެޓް ފަދަ ޚިދުމަތްތައް) މެދުނުކެޑި އަދި ޚަރަދު ކުޑަވާނޭ ފަދަ ނިޒާމެއްގެ ދަށުން ޤާއިމްކޮށް ބެލެހެއްޓުން.

ކައުންސިލް އިދާރާގެ އިދާރީ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭ ގޮތުން ކައުންސިލަށް ހުށަހަޅަންޖެހޭ ކަރުދާސްތައް ސްޕަވައިޒަރުގެ މަޝްވަރާގެމަތިން ތައްޔާރުކުރުން.

 ކައުންސިލް އިދާރާއިން ދެމުންގެންދާ ޚިދުމަތްތަކުގެ އެސް.އޯ.ޕީ މެނުއަލް ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

 އެޑްމިނިސްޓްރޭޝަން ޔުނިޓްގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އަހަރީ ޕްލޭންނާއި ބަޖެޓް ޕްލޭން ސްޕަވައިޒަރުގެ މަޝްވަރާގެ މަތިން އެކުލަވާލައި އެޕްލޭނުގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރުން.

 އިދާރާއިން ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމަށްޓަކައި އެތަކެތީގެ ލިސްޓް ނަގައި އެލިސްޓް ކައުންސިލަށް ހުށަހަޅައި އެޕްރޫވް ކުރުމުގެ ހުރިހާ މަސައްކަތެއް ކުރުމާއި އެތަކެތި ނީލަން ކިޔުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިއުން.

 ކައުންސިލް އިދާރީ މަސައްކަތްތަކުގެ ރެކޯޑު، ފަސޭހައިން ރައްކާކުރެވޭ އަދި ރިޓްރީވް ކުރެވޭނެ ފައިލިންގް ސިސްޓަމެއް ޤާއިމްކޮށް ބެލެހެއްޓުން.  

މަޤާމުގެ ޝަރުޠުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.                                

 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް )                                             

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް.          

 ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.  

( ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

 ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.           

މަސައްކަތު ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒިފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.            

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެތަޖުރިބާ
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު
  • އަދި އިންޓަރވިއު

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖޫން 2018 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6860958 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 11 ޖޫން 2018 އާއި 20 ޖޫން 2018 އާ ދެމެދު ފުވައްމުލަކު ސިޓީ ކައުންސިލްގައެވެ.

ޝޯޓް ލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ

މިއިދާރާގެ ފޯން ނަންބަރ 6865001،6860004، 6862030, ފެކްސް: 6860958

އީމެއިލް: [email protected]   

 

14 ރަމަޟާން 1439

29 މޭ 2018

 

 

 

  

29 މޭ 2018
ހޯދާ