ދިވެހިރާއްޖެ
މ.މަޑުއްވަރީ މަސްމާރުކޭޓް ހޮޓާ ކުއްޔަށް ނަންގަވާފައިވާ ފަރާތުން ، 14 ޖޫން 2018 އިން ފެށިގެން ހޮޓާ ދޫކޮއްލުމަށް ބޭނުންވެ އެކަން މި އިދާރާއަށް އަންގާފައިވާތީ ، ކުރިޔަށް އޮތް 5 އަހަރު ދުވަހަށް ހޮޓާ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 05 ޖޫން 2018 ވާ އަންގާރަ ދުވަހުގެ 13:00 އަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖޫން 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން މި އިދާރާއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ އިރުގައާއި އަންދާސީ ހިސާބު ހުށަހަޅަން ވަޑައިގަންނަވާ ފަރާތުން މުއްދަތު ހަމަ ނުވާ އައިޑީކާޑު ގެންނަވަންވާނެއެވެ.
މަޢުލޫމާތު ސާފުކޮށްފައިނުވާ އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އޮތް ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަވާނީ ސިޓީ އުރައަކަށްލާ ބަންދުކުރައްވައިގެން ހުށަހަޅުއްވަން އޮތް ގަޑިއަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށެވެ.
އަންނަނިވި ލިޔުންތައް ހަމައަށް ހުށަހަޅާފައިނުވާނަމަ އެ އަންދާސީ ހިސާބެއް ބާތިލުކުރެވޭނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ ކުލަބު/ ޖަމުޢިއްޔާ އެއް ނަމަ ކުލަބު/ޖަމުޢިއްޔާގެ ރަޖިސްޓްރީގެ ކޮޕީ
- އަމިއްލަ ފަރާތެއް ނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
- ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
- ހުށަހަޅުއްވަން ދުރުވާ ފަރާތުގެ އައިޑީކާޑުގެ އަޞްލު
- ކުންފުނި/ ކުލަބު ޖަމުއިއްޔާ އިން އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ މަޢުލޫމާތު އަންގައިދޭ ރަސްމީ ލިޔުން
- އަންދާސީ ހިސާބު ހުށަހަޅުއްވަން ދުރުވަނީ މަޢުލޫމާތު ސާފުކުރެއްވި ފަރާތުން ނޫންނަމަ ، ވަޑައިގަންނަވާނެ ފަރާތް އަންގައިދޭ ލިޔުން
ޕޮއިންޓް ދިނުމުގައި އަންދާސީ ހިސާބުތައް އެވެލުއޭޓް ކުރާ ކޮމެޓީން ބަލާނެ މިންގަނޑު
- ހުށަހެޅޭ އެންމެ ބޮޑު އަގު %75
- މާލީ ޤާބިލުކަމަށް
- ފަންނީ ގޮތުން ގާބިލުކަން ހުރި މިންވަރު %5
- ތަޖުރިބާއަށް %5
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.