ދިވެހިރާއްޖެ
މިޑިޕާޓްމަންޓުގެ ފަރާތުން ވަރލްޑްބޭންކުގެ އެހީގައި ދިވެހި ސަރުކާރުން ތަންފީޒުކުރާ އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދިޔަ ނެޝަނަލް އެސެސްމަންޓް އޮފް ލާރނިންގ އައުޓްކަމްސް ކޮމްޕޯނަންޓްއަށް ޑޭޓާ އެނަލިސިސްއެއް 2017ވަނަ އަހަރު ހެދުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓު ޕްރިންޓު ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ކުރި މިޑިޕާޓްމަންޓުގެ ނަންބަރު (IUL)461-AS/1/2018/3 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާތިލު ކުރުމަށްފަހު މިމަސައްކަތް ކުރުމަށް 2 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތުހިމެނޭ ބީލަން ފޮތް ޑައުންލޯޑް ކުރެވޭގޮތަށް މި އިޢުލާނާއެކު ގެޒެޓުގައި ޝާއިރުކޮށްފައި ހުންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 2018 މޭ 31 ވާ ބުރާސްފަތި ދުވަހު މެންދުރު 13:00 އަށް
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 މޭ 31 ވާ ބުރާސްފަތި ދުވަހު މެންދުރު 13:00 އަށް ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް (ހ. ހުޅުގަލި 3ވަނަ ފަންގިފިލާ/ކަރަންކާމަގު/ މާލެ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.
އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ހ. ހުޅުގަލި 3ވަނަ ފަންގިފިލާ
މާލެ ސިޓީ، ދިވެހިރާއްޖެ
ނޯޓް: - މި މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ތަކެއްޗާއި ޚިދުމަތް ހޯދުމަށް އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ. މިއުސޫލު މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ވެބްސައިޓް http://www.eedp.moe.gov.mv/#/download އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިތުރު މައުލޫމާތު: - އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިމިނިސްޓްރީގެ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓުގެ މެއިލް އެޑްރެސް [email protected] ނުވަތަ [email protected] އަށް ނުވަތަ ނަންބަރު 3341220/3341140 ފޯނާއި 2018 މޭ 30 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ގުޅުއްވުން އެދެމެވެ.