މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީގެ ދަށުން ހިނގަމުންދާ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީމަރުކަޒުތަކުއި ބޭނުންކުރަމުންދާ އެމްބިޔުލާންސްތަކުގެ ތެރެއިން މަރާމާތުކުރަންޖެހޭ 33 އެމްބިޔުލާންސެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން)

 މިނިސްޓްރީގެ ދަށުން ހިނގަމުންދާ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީމަރުކަޒުތަކުއި ބޭނުންކުރަމުންދާ އެމްބިޔުލާންސްތަކުގެ ތެރެއިން މަރާމާތުކުރަންޖެހޭ 33 އެމްބިޔުލާންސެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)23-AP/23/2018/114 ) (މެއި 24 2018) އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ތާރީހް ބަދަލުވެފައިވާތީ އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 31 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖޫން 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު)އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

12 ރަމަޟާން 1439

27 މޭ 2018
ހޯދާ