ދިވެހިރާއްޖެ
އިޢުލާން
ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕެއް ގަތުމާއިބެހޭ
ގއ.ދެއްވަދޫ ކައުންސިލްގެ އިދާރާ އަށް ޕިކަޕެއް ގަނެދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ: 411-B/IUL/2018/8 (14 މާރިޗް 2018) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބުތައް ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާތިލްކޮށް މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ މިއިދާރާއަށް ޕިކަޕް ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 މެއި 2018ވާ ބްރާސްފަތި ދުވަހުގެ ހެނދުނު 11.00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު 07 ޖޫން 2018ވާ ބްރާސްފަތި ދުވަހުގެ ހެނދުނު 11.00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕެއް ގަތުމާއިބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ރަމަޟާން 1439
27 މެއި 2018