އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ކުޅިވަރު އެކުވެނީ އިރުވައި ފިހާރަ ކުއްޔަށް ދޫކުރުމާބެހޭ

މިރަށު ކުޅިވަރު އެކުވެނީގައި ހެދިފައިވާ އިރުވައި ފިހާރަ ބިޑް އުސޫލުން 7 އަހަރު ދުވަހަށް ހިންގާނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  • ބީލަން ފޮތް ދޫކުރުން: 28 މެއި 2018 ވާ ހޯމަ ދުވަހުން 5 ޖޫން 2018 ވާ އަންގާރަ  ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 13:00 އާއިދެމެދު ސަރުކާރު ބަންދުނޫން ކޮންމެދުވަހަކު މިކައުންސިލުން ލިބެން ހުންނާނެއެވެ.
  • ޕްރީބިޑް ބައްދަލުވުން އޮންނާނީ 7 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިކައުންސިލް އިދާރާގައެވެ.
  • ބިޑް ހުށައެޅުން : 12 ޖޫން 2018 ވާ އަންގާރަ ދުވަހު 13:00 ގައި މިކައުންސިލް އިދާރާއަށެވެ.
  • ބީލަން ފޮތް ނުވަތަ ބިޑް ފޮތެއްގެ އަގަކީ 1000/- (އެއްހާސް) ރުފިޔާއެވެ.

ބީލަން ނުވަތަ ބިޑް ފޮތް ބައްލަވައިނުގަންނަ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި، ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

24 މޭ 2018
ހޯދާ