ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުސަތު

 

މަޤާމް:

މަޤާމުގެ ނަންބަރ:

ބޭނުންވާ ޢަދަދު:

މަޤާމުގެ ގިންތި:

މަޤާމުގެ ރޭންކް:

މަޤާމުގެ ކްލެސިފިކޭޝަން: 

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުސާރަ:

ސާރވީސް އެލަވަންސް:

އެހެނިހެން އެލަވަންސް:

ސީނިއަރ މުނިސިޕަލް ސާރވީސް އޮފިސަރ

J-223634

01

ދާއިމީ

MS2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ލ.ގަމު ކައުންސިލްގެ އިދާރާ

-/6295ރ

-/2000ރ

1. އާބަން ސްޓަޑީޒް ގެ ތަޢުލީމީ ރޮނގުން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން މަޤާމުގެ އަސާސީ މުސާރައިގެ %28 އެލަވަންސެއްގެ ގޮތުގައި ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހޭނެއެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ ލިބޭނެއެވެ.

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބިމާއިބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ރަށުގެ ލޭންޑްޔޫސް ޕްލޭނާއި ތަޢާރަޟްނުވާ ގޮތުގެ މަތިން ރަށުގެ ބިން ޙަވާލުކުރުމުގެ މަސައްކަތްކުރުން.
  2. ޢިމާރާތާއި، ގޯތީގެ ރަޖިސްޓްރީ ހެދުމާއިބެހޭ އެންމެހައި ކަންތައްތައް ކުރުން.
  3. ގޯތީގެ މިން އެޅުމާއި، ގޯތީގެ ރަޖިސްޓްރީ ހެދުން..
  4. ގޯތިތަކުގެ ރެކޯޑް ބެލެހެއްޓުން.
  5. ރަށުގައި ހުރި މިސްކިތްތައް ބެލެހެއްޓުމާއި، މިސްކިތްތަކަށް ލިބޭގެއްލުން މަރާމާތުކުރުމާއިބެހޭ ކަންކަން ކައުންސިލް މަޝްވަރާއާއިއެކު ކުރުން.
  6. ރަށް ޒީނަތްތެރި ކުރުމާއިބެހޭ ކަންތައްތައް އިންތިޒާމް ކޮށްބެލެހެއްޓުން.
  7. ރަށުގެ މަގުތައް ސާފުކުރުމާއިބެހޭ ކަންތައްތައް ކުރުން.
  8. ރަށުގެ މަގުމަތީ ބައްތި ދިއްލުމާއިބެހޭ ކަންކަން ހިނގާ ނުހިނގާގޮތް ބަލާ ކަމާއިބެހޭ މަޢުލޫމާތު ރެކޯޑްކޮށް ކައުންސިލަށް ހުށަހަޅާ ރިޕޯޓް ތައްޔާރުކުރުން.
  9. ގެސްޓްހައުސްތަކާއި، ރައްޔިތުންގެ އެންމެހައި ޢިމާރާތްތައް ޤަވާޢިދާ އެއްގޮތަށް ހުރޭތޯ ބެލުމާއި، އެތަންތަނާއިބެހޭ ރެކޯޑް ބެލެހެއްޓުން.
  10. ކަނޑުގައި ދުއްވާ އުޅަނދުގެ މަޢުލޫމާތު ބެލެހެއްޓުން.
  11. އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ ކަންކަންކުރުން

މަޤާމުގެ ޝަރުތުތައް:

  1. އާބަން ސްޓަޑީޒް އާގުޅޭ ތައުލީމީރޮނގުން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. އާބަން ސްޓަޑީޒް އާގުޅޭ ތައުލީމީރޮނގުން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލިޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަ ކޮށް ސެޓްފިކެޓް ލިބިފައި ވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާ ކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، މަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި،ތަމްރީން 40 އިންސައްތަ
  • އިމްތިޙާން 5 އިންސައްތަ
  • މަސައްކަތުގެ ތަޖުރިބާ 15 އިންސައްތަ
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސް) 40 އިންސއްތަ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ޖޫން 2018ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ލ.ގަމު ކައުންސިލް އި

ދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި  ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 18 ޖޫން 2018 އާއި 28 ޖޫން 2018 އާ ދެމެދު ލ.ގަމު ކައުންސިލް އިދާރާގައެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800766 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާންނީ [email protected]  އަށެވެ.

                     

08 ރަމަޟާން 1439

23 މެއި 2018

23 މޭ 2018
ހޯދާ