މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

 ސީނިއަރ އޮފިސަރ (އައި ސީ ޓީ)

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައި ސީ ޓީ ޑިޕާރޓްމެންޓް /ހެޑް އޮފީސް، މާލެ

މުސާރަ އާއި އެހެނިހެން އެލަވަންސް ތަކާއި އެއްކޮށް ޖުމްލަ:

7020.00 ރުފިޔާ އާއި 9450.00 ރުފިޔާ އާއި ދެމެދު

އިތުރު ޢިނާޔަތްތައް:

ފުޑް އެލަވަންސް: ދުވާލަަކަށް 60.00 ރުފިޔާ

އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން ފައިސާ ލިބޭނެއެވެ.

ޝަރުޠު:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން  ސާބިތު  ކޮށްދިނުމާއިއެކު  އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން. އަދި ގުޅުންހުރި ދާއިރާއެއްގައި ވަޒީފާގައިއުޅެ މަދުވެގެން 2 އަހަރުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކުންފުނީގެ ސާރވާރ އިންސްްޓޯލްކޮށް މެނޭޖުކުރުން މޮނީޓާކުރުން އަދި ބެކަޕްނެގުން.
  2. ނެޓްވޯރކް އެޅުން އަދި ނެޓްވޯރކް ބެލެހެޓުން
  3. ކޮމްޕިއުޓަރތަކާއި، އައި.ސީ.ޓީ އާބެހޭ ތަކެއްޗަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުން.
  4. އޮފީހުގެ ވެބްސައިޓްގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ގެނައުމާއި، ވެބްސައިޓްގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ކޮންޓެންޓް އަޕްލޯޑްކުރުން.
  5. އޮފީހުގެ އީ-މެއިލް ސިސްޓަމް ބެލެހެއްޓުމާއި، އެކައުންޓް ކްރިއޭޓްކުރުމާގުޅޭ ރެކޯޑްތައް ބެލެހެއްޓުން އަދި ސޮފްޓްވެރ އިންސްޓޯލް ކުރުން.
  6. އޮފީހުގެ ފޯން ސިސްޓަމް އަދި ސީސީޓީވީ ސިސްޓަމް ބެލެހެއްޓުން.
 

ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތުހަމަވާ ފަރާތްތަކަށެވެ.   

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޖޫން 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ(އަސްލާއެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީން ތައްގަނޑު ޖަހާފައިވާ އަސްލު) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް. އަދި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު)  ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް އަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 އަށް ގުޅުއްވުން އެދެމެވެ.

24 މޭ 2018
ހޯދާ