ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
ލ.އިސްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް ކޮންޓްރެކްޓް އުޞޫލުން ކައްކާ ކާންދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސަރވިސްގެ ނަމްބަރ 171-G1(b)/PS/IUL/2018/018 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް މިކަމަށް ކުރިމަތި ލުމުގެ ފުރުޞަތު މިކަމަށް ޝައުޤްވެރިވެލައްވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
ވީމާ، އެއްބަސްވުމެއްގެ ދަށުން މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2018 މޭ 29 ވާ އަންގާރަ ދުވަހުގެ 14:00 އަށް ލ.އިސްދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޖޫން 5 ވާ އަންގާރަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
23 މޭ 2018 މ.