ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ފެންވަރުގައި ބާއްވާ ކީރިތި ޤުރުޢާން ކިޔެވުމުގެ މުބާރާތް 2018

 

 

އިޢުލާން

ނަންބަރ:- IUL248-ESMSMS/248/2018/34

ރަށު ފެންވަރުގައި ބާއްވާ ކީރިތި ޤުރުޢާން ކިޔެވުމުގެ މުބާރާތް 2018

                 މިއަހަރު އާދެ 2018 ވަނަ އަހަރު ރަށު ފެންވަރުގައި ބާއްވާ ކީރިތި ޤުރުއާާން ކިޔެވުމުގެ މުބާރާތް 09 ޖޫން 2018 ގައި މިރަށުގައި ބާއްވާ ގޮތަށް ހަމަޖައްސާފީމެވެ. މި މުުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލެވިފައިވަނީ މިރަށު މަދަރުސާއާއި، މިރަށުގައި ހިންގާ ޤުރުއާާން ކުލާސްތަކާއި، އަދި އިސްލާމްދީނަށް ޚިދުމަތްކުރުން އެފަރާތެއްގެ މަޤްޞަދު ތަކުގެ ތެރޭގައި ހިމެނޭ ކުލަބް ތަކާއި ޖަމިއްޔާ ޖަމާޢަތްތަކަށެވެ. މި މުބާރާތުގައި ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ބަޔާއި، ހިތުން ކިޔެވުމުގެ ބައި ހިމެނެއެވެ.

                 މި މުބާރާތަކީ މިއަހަރު، މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށާއި، އަދި މި އަތޮޅު ފެންވަރުގައި ބާއްވާ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. އެއީ ޤައުމީ ޤުރުއާން މުބާރާތަށް ކުދިން ހޮވެނީ ރަށު ފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތުން ރަނގަޅު ނަތީޖާ ހޯދައި، އަތޮޅު ފެންވަރުގައި ބާއްވާ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވެ އެ މުބާރާތުން ރަނގަޅު ނަތީޖާ ހޯދައި ދަރިވަރުންނަށް ކަމުގައި ވާތީއެވެ.

                 ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 30 މެއި 2018 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދާއި ޓީމް ލިސްޓް ހުށަހަޅުއްވާ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިމުބާރާތުން އެކި ވަނަތައް ޚާސިލްކުރާ ދަރިވަރުންނަށާއި، އިދާރާތަކާއި، ކުލަބު ޖަމިއްޔާ ޖަމާއަތްތަކަށް އިނާމާއި، ހަދާނީ ލިޔުން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.  

                 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 މޭ 2018
ހޯދާ