ދިވެހިރާއްޖެ
ކިނބިދޫ ޞިއްޙީ މަރުކަޒު ތ. ކިނބިދޫ، ދިވެހިރާއްޖެ |
އިއުލާން
ނަންބަރ :N12-HC/ID/2018/05
ތ.ކިނބިދޫ ޞިއްޙީމަރުކަޒުގެ ބައެއް ތަންތަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިއުލާން (ނަންބަރ: N12-HC/ID/2018/01އަދި 02/N12-HC/ID/2018 (ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވެއެވެ.
ވީމާ އަލުން މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 27 މެއި 2018 އާދިއްތަ ދުވަހުގެ 11:00 އަށް ކިނބިދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ޖޫން 2018 ވާ ބުދަ ދުވަހުގެ 11:00 އަށް ކިނބިދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިއުމެއް ހުށައަޅަންވާނެއެވެ.
އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
23 މެއި 2018