ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތުތު
1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ބ.އޭދަފުށި، ދ.ކުޑަހުވަދޫ، ދ.މީދޫ، ލ.ގަން، ރ.މަޑުއްވަރި އަދި ށ.ކޮމަންޑޫގައި ޤާއިމުކުރާ ހައުސިން ޔުނިޓުތައް ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ތަރައްޤީ ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ދިވެހިރާއްޖެއާއި ބޭރުގެ މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. މި މަސައްކަތައް ބީލަން ހުށަހަޅާއިރު ވަކިވަކި ލޮޓުތަކަށް ނުވަތަ ހުރިހާ ލޮޓުތަކަށްވެސް އަގު ހުށަހެޅިދާނެއެވެ.
ލޮޓް |
ބިޑް ސެކިއުރިޓީ |
ލޮޓް 1 - ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ބ.އޭދަފުށީގައި ޤާއިމުކުރާ 100 ހައުސިންގ ޔުނިޓު |
-/400,000 ރުފިޔާ |
ލޮޓް 2 - ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ދ.ކުޑަހުވަދޫގައި ޤާއިމުކުރާ 50 ހައުސިންގ ޔުނިޓު |
-/200,000 ރުފިޔާ |
ލޮޓް 3 - ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ދ.މީދޫގައި ޤާއިމުކުރާ 50 ހައުސިންގ ޔުނިޓު |
-/200,000 ރުފިޔާ |
ލޮޓް 4 - ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ލ.ގަމުގައި ޤާއިމުކުރާ 200 ހައުސިންގ ޔުނިޓު |
-/800,000 ރުފިޔާ |
ލޮޓް 5 - ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ރ.މަޑުއްވަރީގައި ޤާއިމުކުރާ 50 ހައުސިންގ ޔުނިޓު |
-/200,000 ރުފިޔާ |
ލޮޓް 6 - ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ށ.ކޮމަންޑޫގައި ޤާއިމުކުރާ 50 ހައުސިންގ ޔުނިޓު |
-/200,000 ރުފިޔާ |
3. ބީލަމެއްގައި ބައިވެރިވުމަށް -/1،500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 22 މޭ 2018 އިން 30 މޭ 2018 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 10:30 އިން 12:30 އަށް މި މިނިސްޓްރީ އިންނެވެ. މިޕްރޮޖެކްޓާ ގުޅޭ އެންމެހާ މަޢުލާމާތު މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
4. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ ގޮތުގައި މަތީގައިވާ ތާވަލުގައިވާ ޢަދަދަށް ކޮންމެ މަސައްކަތަކަށް ވަކިންހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.
5. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 27 މޭ 2018 އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
6. ބީލަން ހުޅުވުން އޮންނާނީ 31 މޭ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : 3349102 3349106
އީމެއިލް : [email protected]
ކޮޕީ : [email protected]